ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މީހަކަށް ދިން އެހީގެ ތަފްސީލީ މައުލޫމާތު ހާމަކުރެވިފައިވާތީ އެ އެޖެންސީއިން މާފަށް އެދިއްޖެ އެވެ.
މި މައުލޫމާތު ހާމަކުރެވުނީ އެންސްޕާއިން ނެރުނު ބަޔާނެއްގަ އެވެ.
އެންސްޕާއިން ބުނީ އެ އެޖެންސީން މި ބަޔާން ނެރުމުގެ މަޤްޞަދަކީ، އިމެޖެންސީއިން ބަލިމީހަކަށް އެހީ ނުދިންކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ދޮގު މައުލޫމާތުތަކަށް ރައްދު ދިނުމެވެ. އެ ބަޔާނުގައި އެންސްޕާއިން ބުނެފައިވަނީ، އިމެޖެންސީއަކީ ރާއްޖޭގެ ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަމަށާއި ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގަމުންދާ އެޖެންސީއެއް ކަމަށެވެ.
ނަމަވެސް، އެންސްޕާއިން އިއުތިރާފްވެފައިވަނީ އެ ބަޔާނުގައި ބަލިމީހާގެ އެއްވެސް އައިޑެންޓިޓީއެއް ބަޔާންކޮށްފައި ނެތްނަމަވެސް، ބަލިމީހާއަށް އިމެޖެންސީއިން ދީފައިވާ އެހީގެ މައުލޫމާތު ހިމެނިފައިވާ ކަމަށެވެ. މިއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ބުނެ، އެފަދަ މައުލޫމާތެއް ހިމެނިފައިވާތީ އެކަމަށް މާފަށް އެދިފައިވެ އެވެ.
އެންސްޕާއިން ބުނީ، ކެންސަރު ފަރުވާ ހޯދަމުންދާ ފަރާތަކަށް އެއޭޖެންސީން އެހީ ހަމަޖައްސައި ނުދިން ކަމަށް ލިޔެ ކޮށްފައިވާ ޓުވިޓަކީ މުވައްޒަފުން ބަދުނާމުވާގޮތަށް ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ. އެ ދެންނެވުނު ފަރާތުން އާސަންދަ އަދި ވެލްފެއާގެ އެހީއަށް އެދި ހުށަހެޅި ކަމަށް ސިސްޓަމުން ފެންނަ އޮތީ ޖުމްލަ 9 ފަހަރު ކަމަށާއި އެހުރިހާ ފަހަރަކު އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
އެފަރާތުން އެންމެ ފުރަތަމަ އެހީއަށް އެދި ހުށަހަޅާފައިވަނީ 2023 ވަނަ އަހަރުގެ މޭއި މަހުގައި ކަމަށާއި އެފަހަރު ވެލްފެއާ ކޭސްގެ ދަށުން ފައިސާގެ އެހީގެ ގޮތުގައި 3،855 ރުފިޔާ ހަމަޖައްސަދީފައިވާނެ ކަމަށެވެ.