މަސައްކަތެއް ނެތުމުން، މިއަދުގެ މަޖިލިސް ކެންސަލް

Advertisement

Advertisement

އެންމެ ފަސް

Advertisement

އެޖެންޑާކުރާނެ މަސައްކަތެއް ނެތުމުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލްކޮށްފި އެވެ.

މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުގެ ހެނދުނު 9:00 ގަ އެވެ. ނަމަވެސް މިއަދު ހެނދުނު މަޖިލީހުގެ ޖަލްސާއެއް ބާއްވާފައެއް ނުވެ އެވެ.

ޖަލްސާ މިއަދު ނުބޭއްވި ސަބަބާއި ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ވިދާޅުވީ ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ ޑިސެމްބަރު 9، ވާ ހޯމަ ދުވަހު ކަމަށެވެ. ނަމަވެސް މިއަދު ޖަލްސާ ނުބާއްވަން ނިންމި ސަބަބެއް މަޖިލީހުގެ އިދާރާއަކުން ނުބުނެ އެވެ.

އޭގެއިތުރުންވެސް އިއްޔެގެ ޖަލްސާ ނިންމަވައިލައްވަމުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވެސް މިއަދު ޖަލްސާއެއް އޮންނާނެކަން އިއުލާނުކޮށްފައެއްނުވެ އެވެ.

މަޖިލީހުގެ މެމްބަރުންނާއި ހަވާލާދީ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަދުގެ ޖަލްސާ ނުބޭއްވީ މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތުމުން ކަމަށެވެ. އެގޮތުން ގިނަ މަސައްކަތްތައް މިވަގުތު ހުރީ ކޮޮމެޓީ މަރުހަލާގައި ކަމަށް މެމްބަރު ވިދާޅުވި އެވެ. އަދި ގިނަ ބިލްތަކުގެ ޑެޑްލައިންތައްވެސް ގުޅިފައިވަނީ ކޮމެޓީތަކުގެ މަސައްކަތާކަން ފާހަގަކޮށް، މެމްބަރު ވިދާޅުވީ ކޮމެޓީ ރިޕޯޓްތައް އަންނަ ހަފްތާއަށް ލިބޭނެކަމަށް ބެލެވޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ވަނީ މަޖިލީހުގެ މި ދައުރުގެ މަސައްކަތްތައް މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލަން ފާސްކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލިސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ