މިވަގުތު އޮޅުހިޔާއަށް ބުޅާތައް ގެންދަން ނުފެނޭ: މިނިސްޓްރީ

Advertisement

Advertisement

އެންމެ ފަސް

Advertisement

މިވަގުތު ޕެޓް ކެއާ ފެސިލިޓީ، އޮޅުހިޔާއަށް ބުޅާތައް ގެންދަން ނުފެންނަ ކަމަށް ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން އިއްޔެ ބުނެފި އެވެ.

މިގޮތަށް މިނިސްޓްރީން ބުނީ މާލެ ސިޓީ ކައުންސިލުން މާލޭ މަގުތަކުގައި ތިބި ބުޅާތައް ނެގުމުގެ މަސައްކަތް ފަށާފައިވަނިކޮށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ އޮޅުހިޔާއަށް މާލޭގައި އުޅޭ ބުޅާތައް ގެންދިއުމުގައި އަމަލުކުރާނެ ގޮތުގެ އެސްއޯޕީތަކާއި، ޕްލޭންތަކާއި ލަފާތައް މިނިސްޓްރީން މާލޭސިޓީ ކައުންސިލާއި ހިއްސާކޮށްފައި ވީނަމަވެސް، މިހާތަނަށް އެއްވެސް ހިޔާލެއް ނުވަތަ ކޮމެންޓެއް ސިޓީ ކައުންސިލްގެ ފަރާތުން ލިބިފައި ނުވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ، ”އެސްއޯޕީގައި ބަޔާންކޮށްފައިވާ އިންތިޒާމުތައް ހަމަނުޖައްސާ އޮޅިހިޔާއަށް ބުޅާތައް ގެންދިއުމުން ބުޅާތަކަށް އަޅާލުމަށް ބޭނުންވާ މިންގަނޑުތައް ކަށަވަރު ނުވުމުގެ ނުރައްކާ އެބައޮތް“ ކަމަށެވެ.

މިނިސްޓްރީން ފާހަގަކޮށްފައިވާ މައިގަނޑު މައްސަލަތަކުގެ ތެރޭގައި:

  • ބުޅާ ފެސިލިޓީގައި މަސައްކަތް ކުރާ އެއްވެސް ފަންނީ މަސައްކަތްތެރިއެއް މިހާތަނަށް ރަޖިސްޓްރީކުރެވިފައި ނުވުން
  • އަލަށް ގެނެވޭ ބުޅާތައް ކަރަންޓީނުކުރެވޭނެ ކޮށިތައް މިވަގުތު އެތަނުގައި ނެތުން
  • އެތަނުގައި އުފެދޭ ބަޔޮލޮޖިކަލް ވޭސްޓު ނައްތާލުމުގެ ރައްކާތެރި ނިޒާމެއް ނެތުން
  • ގެންދެވޭ ބުޅާތަކަށް އެކަށީގެންވާ ކާނާއާއި ފެން ފޯރުކޮށްދިނުމުގެ ނިޒާމެއް ގާއިމުވެފައި ނެތުން

މިނިސްޓްރީން ވަނީ އެތަނަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް ފަހުގައި ނޫނީ އެތަނަށް ބުޅާތައް ނުގެންދިއުމަށް ސިޓީ ކައުންސިލް ކިބައިން އެދިފައެވެ. މިކަމާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.

މާލެ ސިޓީ ކައުންސިލް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ