އެމްއެމްއޭއިން ދަރަނި ނެގޭގޮތަށް އެކުލަވާލި ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު ތަސްދީގްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަސްދީޤުކުރައްވައިފި އެވެ.

މި ބިލަކީ މިދިޔަ ނޮވެންބަރު 27 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 55 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލުގެ މައިގަނޑު މަޤްސަދަކީ މިހާރު ޢަމަލުކުރަމުންދާ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ބަދަލުގައި އައު ނިޒާމެއް ތަޢާރަފުކޮށް، ދައުލަތުގެ ފިސްކަލް ކަންކަން ހިންގަނީ ދެމެހެއްޓެނިވި، ދެފުށް ފެންނަ، އަދި ޒިންމާދާރު ގޮތެއްގައިކަން ކަށަވަރުކުރުމެވެ.

މި ބިލުގެ މުހިންމު އެއް ނުކުތާއަކީ ދައުލަތުގެ ކޭޝްފްލޯ މެނޭޖުކުރުމަށްޓަކައި، ވޭތުވެދިޔަ 3 އަހަރުދުވަހުގެ އެވްރެޖް އާމްދަނީގެ 2.5 އިންސައްތައަށްވުރެ އިތުރުނުވާނެ ގޮތެއްގެ މަތިން، ދައުލަތުގެ މަރުކަޒީ ބޭންކުން އެޑްވާންސަށް ސަރުކާރަށް ދަރަންޏަށް ފައިސާ ނެގުމުގެ ހުއްދަ ދިނުމެވެ.

މީގެ އިތުރުން، މިނިސްޓަރ އޮފް ފިނޭންސްގެ މައްޗަށް ފިސްކަލް ޒިންމާގެ ޗާޓަރާއި، ފިސްކަލް ސްޓްރެޓަޖީގެ ބަޔާނާއި، ބަޖެޓު ނަތީޖާ ބަޔާނާއި، ފިސްކަލް ހިރާސް ބަޔާނެއް އެކުލަވައިލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ލާޒިމުކޮށްފައިވެއެވެ. އަދި އޮޑިޓަރ ޖެނެރަލްގެ މައްޗަށް މާލީ އަހަރު ނިމުމުގެ ކުރިން ރިޕޯޓެއް އެކުލަވައިލައި މިނިސްޓަރ އޮފް ފިނޭންސަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ލާޒިމުކޮށްފައިވެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 6 މަސްދުވަސް ފަހުންނެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މިހާރު ޢަމަލުކުރަމުންދާ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު އުވިގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމްއެމްއޭ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ