”ސްޓެލްކޯގައި މަސައްކަތްކުރާ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުން ސާބިތުކޮށްދެނީ މަސައްކަތުގެ މާހައުލުގައި ފުރިހަމައަށް ހިއްސާވެވޭނެކަން“

Advertisement

Advertisement

އެންމެ ފަސް

Advertisement

މިއަދު ފާހަގަކުރަމުންދާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން ސްޓޭޓް އިލެކްޓްރިކް ޓްރޭޑިން ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ފަހުމީ މިގޮތަށް ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.

ސްޓެލްކޯގައި މަސައްކަތްކުރާ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުން މި މުޖުތަމަޢުއަށް ސާބިތުކޮށްދެމުންދަނީ، ތަފާތުކުރުމެއްނެތި ފުރުޞަތު ލިބިދީފިނަމަ ކޮންމެ މީހަކީވެސް މަސައްކަތުގެ މާޙައުލާއި މުޖުތަމަޢުގައި ފުރިހަމައަށް ޙިއްޞާވެވޭނެ މީހެއްކަން ފަހުމީގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

”ސްޓެލްކޯގައި މަސައްކަތްކުރާ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުން މި މުޖުތަމަޢުއަށް ސާބިތުކޮށްދެމުންދަނީ، ތަފާތުކުރުމެއްނެތި ފުރުޞަތު ލިބިދީފިނަމަ ކޮންމެ މީހަކީވެސް މަސައްކަތުގެ މާޙައުލާއި މުޖުތަމަޢުގައި ފުރިހަމައަށް ޙިއްޞާވެވޭނެ މީހެއްކަން“ ސްޓެލްކޯގެ ފަހުމީ ވިދާޅުވި އެވެ.

ސްޓެލްކޯގައި ހާއްސަ އެހީއަށް ބޭނުންވާ 50 މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށް ފަހުމީ ވިދާޅުވި އެވެ. މިއީ ފަހުރެއްގެ ގޮތުގައި ފަހުމީ ސިފަކުރެއްވި އެވެ.

50 މުވައްޒަފުން، ވަރަށް ހީވާގި ކަމާއިއެކު އެހެން މުވައްޒަފުންނާއި ތަފާތެއް ނެތި ސްޓެލްކޯގައި މަސައްކަތް ކުރަމުންދާކަމީ ލިބޭ ފަހުރެއް ކަމަށް ފަހުމީ ވިދާޅުވި އެވެ.

ސްޓެލްކޯ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ