ހދ. އަތޮޅު ކައުންސިލުން ބެންގްކޮކަށް ނުވަ ލައްކަ ރުފިޔާގެ ދަތުރެއް ކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.
900،000 ރުފިޔާ އަށް ވުރެ ބޮޑު އަގެއްގައި ބެންކޮކަށް ކުރި ދަތުރަކުން އެއްވެސް ހައްގު ފައިދާއެއް ނުލިބުނު ކަމަށް އޮޑިޓަކުން ހާމަވުމުން އަތޮޅު ކައުންސިލްގެ މެންބަރުންނާއި މުވައްޒަފުންނާ މެދު ފިޔަވަޅު އެޅުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ގޮވާލާފައި ވެއެވެ.
އިއްޔެ އާންމުކުރި އޮޑިޓް ރިޕޯޓެއްގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކުރި 10 ދުވަހުގެ ދަތުރުގެ ތަފްސީލު ދީފައިވާއިރު، އެ ދަތުރުގައި ކައުންސިލްގެ ބަޖެޓުން 952،885 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ދައްކަ އެވެ. މި ވަފުދުގައި 13 ކައުންސިލަރުންނާއި ސެކްރެޓަރީ ޖެނެރަލްގެ އިތުރުން މެނޭޖްމަންޓްގެ އިސް ހަ އޮފިޝަލުން ހިމެނޭ ގޮތަށް 20 މީހުން ހިމެނެ އެވެ.
ކައުންސިލްގެ ރިޕޯޓުގައިވާ ގޮތުން މިދަތުރުގެ މަގްސަދަކީ ތައިލެންޑުގެ ރަށްރަށް ހިންގާގޮތް ބެލުމާއި، އެ އަތޮޅަށް އިންވެސްޓްމަންޓް ހޯދުމެވެ. މަގްސަދުތަކުގެ ތެރޭގައި ގުޑް ގަވަރނަންސް، ޕަބްލިކް ޕޮލިސީ، އަދި ރަށްރަށުގެ ތަރައްގީއާ ބެހޭގޮތުން ކަންތައްތައް ދަސްކުރުން ހިމެނެ އެވެ.
ނަމަވެސް މި މަގްސަދުތައް ހާސިލުކުރާނެ ގޮތާއި، އެ ތަޖުރިބާގެ ސަބަބުން ކައުންސިލްގެ ހިންގުމަށް ފައިދާ ކުރާނެ ގޮތުގެ ސާފު ޕްލޭނެއް ކަނޑައަޅާފައި ނުވާކަން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
ރިޕޯޓުގައި އަލިއަޅުވާލާފައިވާ އިތުރު މައްސަލަތައް:
- ދަތުރުގެ ސަބަބުން ކައުންސިލުން ކަނޑައަޅާފައިވާ ޓްރެވަލް ބަޖެޓް ކަމަށްވާ 651،572 ރުފިޔާ އަށްވުރެ 300،000 ރުފިޔާއަށްވުރެ އިތުރު
- ބަޖެޓުގައި ހިސާބު ނުކުރެވި ހުރި ހަރަދުތައް ރަނގަޅަށް ބެލެހެއްޓިފައި ނުވާއިރު، ސަޕްލިމެންޓަރީ ބަޖެޓް އެޕްރޫވަލް ކުރުމަށް ގާނޫނީ ގޮތުން ކަނޑައަޅާފައިވާ ޝަރުތުތަކަށް އަމަލު ނުކޮށް ހަރަދުތައް ފޫބެއްދުމަށް ފައިސާ އަލުން ބަހާފައިވޭ
- ދަތުރު ކުރިއަށް ގެންގޮސްފައިވަނީ ފިނޭންސް މިނިސްޓްރީން ބޭނުންވާ ހުއްދަތައް ނުހޯދާ
- ސްޕޮންސަރޝިޕް ނުވަތަ ބޭރުގެ އެހީ ފަދަ ބަދަލު ފައިސާ ހޯދުމަށް ކައުންސިލުން ނާކާމިޔާބުވުމާއި، ދަތުރަށް މުދާ ގަންނައިރު ޕްރޮކިއުމަންޓް ގަވާއިދުތަކާ ހިލާފުވުން
އޮޑިޓަރ ޖެނެރަލް ފާހަގަކުރެއްވި ގޮތުގައި ފައިސާގެ މި ނުބައި ބޭނުން ހިފުނީ ކައުންސިލްތަކުގެ ހަރަދުތައް ހަނިކުރުމަށާއި ކޮންމެހެން ކުރަންޖެހޭ ބައިނަލްއަގްވާމީ ދަތުރުތަކުން ދުރުހެލިވުމަށް ސަރުކާރުން އަންގާފައި ވަނިކޮށެވެ. ޔޫއޭއީ، ތުރުކީ، އަދި ތައިލެންޑް ފަދަ މަންޒިލްތަކަށް ކައުންސިލްތަކުން އުފެއްދުންތެރި ނޫން ކަންކަމުގައި ރާއްޖެއިން ބޭރަށް ޒިޔާރަތްކުރާ މިފަދަ ހާދިސާތައް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ކައުންސިލްގެ ހަރަދުތަކުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ފިނޭންސް މިނިސްޓްރީއަށް އަންގާފައި ވެއެވެ.
ހދ. އަތޮޅު ކައުންސިލް ބެންކޮކް އޮޑިޓާ ޖެނެރަލް މިނިސްޓްރީ އޮފް ފިނޭންސް