ސީއެސްއާރު ބަޖެޓުން ސިޔާސީ ކަންކަމަށް ޚަރަދުކުރުން ހުއްޓުވުމަށް ގައިޑްލައިންއެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ސަރުކާރުގެ ވިޔަފާރި ކުންފުނިތަކުގެ އިޖްތިމާޢީ ޒިންމާގެ ޙަރަކާތްތައް ސިޔާސީ މަޤްޞަދުތައް ޙާޞިލުކުރުމަށް ބޭނުންކުރުން ހުއްޓުވުމަށް އަމާޒުކޮށްގެން ގައިޑްލައިނެއް ތައްޔާރުކޮށް، އަމަލުކުރަން ފަށައިފި އެވެ.

މި އައު އުޞޫލުތައް ތަޢާރަފުކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ.

މި އައު ގައިޑްލައިންގެ މައިގަނޑު މަޤްޞަދަކީ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްތައް ސިޔާސީ މަންފާއަށް ނަހަމަގޮތުގައި ބޭނުންކުރާ ކަމުގެ ކަންބޮޑުވުންތަކަށް އަމާޒުކޮށް އެކަން ޙައްލުކުރުމެވެ. މި ސިޔާސަތުގައި ސީއެސްއާރު ޙަރަކާތްތަކުގައި ހިފަހައްޓަންޖެހޭ އަގުތަކުގެ ތެރޭގައި އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމާއި، މުވައްޒަފުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުން ހިމެނެ އެވެ.

މި އައު އޮނިގަނޑުގެ ދަށުން، ސަރުކާރުގެ ވިޔަފާރި ކުންފުނިތަކުން އެއްވެސް ސިޔާސީ ޕާޓީއަކުން ވެފައިވާ ވަޢުދުތައް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް ފުއްދުމަށް އެހީތެރިވެދޭ ސީއެސްއާރު ސިޔާސަތުތައް އެކުލަވާލުން ނުވަތަ އެފަދަ ޙަރަކާތްތަކުގައި ބައިވެރިވުން ސާފުކޮށް މަނާކުރެ އެވެ. މީގެ ކުރިން، ބައެއް ސަރުކާރު ކުންފުނިތަކުން އިޖްތިމާޢީ ޒިންމާގެ ޙަރަކާތްތައް ސަރުކާރުގެ މެނިފެސްޓޯގެ ވަޢުދުތަކާ އެއްގޮތަށް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރެވިފައިވެ އެވެ.

ޕީސީބީން ވަނީ ސަރުކާރުގެ ހުރިހާ ކުންފުނިތައް މި ގައިޑްލައިންއަށް އަމަލުކުރުން ލާޒިމްކޮށްފަ އެވެ.

މިނިސްޓްރީ އޮފް ފިނޭންސް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ