ރާއްޖޭގައި ހުރި ހުރިހާ ނިޒާމެއް ލާމަރުކަޒީ ނިޒާމަށް ފަހިވެފައި ނެތް: އާދަމް ޝަރީފް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ހުރި ހުރިހާ ނިޒާމެއް ލާމަރުކަޒީ ނިޒާމަށް ފަހިވެފައި ނެތް ކަމަށް ސިޓީސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިގޮތަށް ވިދާޅުވީ މަތިވެރި ކައުންސިލުން ހިންގި މާލީ ބަޔާން ތައްޔާރުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

އިއްޔެ ހަވީރު އއ. މަތިވެރީގައި އޮތް މި ރަސްމިއްޔާތުގައި ވަޒީރުދެއްކެވި ވާހަކަފުޅުގައި، ތަނެއް އޮޑިޓްކުރާ ވާހަކަ މީހަކު ބުނެފި ނަމަ އެ ތަނެއްގައި އުޅޭ ބަޔަކު މީގެ ކުރިން ބިރުގަންނަ ކަމަށް ވިދާޅުވި އެވެ.  ނަމަވެސް އޮޑިޓްކުރުމަކީ ނުވަތަ އޮޑިޓް ރިޕޯޓެއް ނެރުމަކީ ތަނެއްގައި ގޯހުން ކަމެއް ދާނަމަ އެ ކަމެއް ރަނގަޅުކުރުމަށް އެހީތެރިވެދީ އެ ކަމެއް ރަނގަޅުކުރާނެ ގޮތް ބުނެދިނުން ކަމަށް ވަޒީރު ވިދާޅުވި އެވެ.

ވަޒީރުގެ ވާހަކައިގައި ތަމްރީނު ޕްރޮގްރާމުތަކަކީ ނުވަތަ ޕޮރޮފެޝަނަލް ޑިވޮލޮޕްމެންޓް ޕްރޮގްރާމުތަކަކީ ނުހަނު ބޭނުންތެރި އޭގެ ސަބަބުން ގިނަގުނަ ފައިދާތަކެއް މުއައްސަސާތަކަށް ލިބިގެންދާނެ ކަމެއްކަމަށް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތްތަނުގައި މި ފަދަ ޕްރޮގްރާމުތައް ރާއްޖޭގެ ތަފާތު ކަންކޮޅުތަކުގައި ހިންގުމަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވި އެވެ. އިތުރަށް އެ މަނިކުފާނު ވިދާޅުވީ އެނގިގެން ކުރާ މަސައްކަތްތަކާ ނޭނގި ކުރާ މަސައްކަތްތަކުގައި ބޮޑެތި ތަފާތުތަކެއް ހުންނަ ފަދައިން އެނގިގެން މަސައްކަތްކުރުމަކީ ކުރާ މަސައްކަތް އިތުރަށް ހަލުއިވެގެންދާ ކަމެއް ކަމަށެވެ.

މަތިވެރި ކައުންސިލާއި، އޮޑިޓަރ ޖެނަރަލް އޮފީސް ގުޅިގެން މަތިވެރީގައި ހިންގި، މާލީ ބަޔާން ތައްޔާރުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ އޮޑިޓަރ ޖެނަރަލް އޮފީހަކީ، ދައުލަތުގެ މާލިއްޔާތަށް އަދި ރައްޔިތުންގެ މުދަލަށް ވަރަށް ބޮޑަށް ހުސިޔާރުވާ ތަނެއް ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މުދާކަން ދަނެގެން މަސައްކަތްކުރާ މުއައްސަސާއެއް ކަމަށް ވިދާޅުވި އެވެ.

އިއްޔެ ހަވީރު މަތިވެރީގައި އޮތް މި ރަސްމިއްޔަތުގައި އޮޑިޓަރ ޖެނަރަލާއި، އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސާއި، މަތިވެރި ކައުސިލްގެ ރައީސާއި، އަތޮޅު ކައުންސިލާއި، މަތިވެރި ކައުންސިލްގެ މެންބަރުންނާއި، މި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރާއި، ޝަރަފުއްދީން އަބޫބަކުރާއި އަދި އއ. އަތޮޅު ބެލެހެއްޓުމާއި ހަވާލުވެ ހުންނެވި ސިޓީސް މިނިސްޓްރީގެ ނާއިބު އަޙްމަދު ޙަލީމް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިނިސްޓަރު އާދަމް ޝަރީފް އުމަރު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ