ފުޓްސަލް ދަނޑުތަކުން ލިބޭ އާމްދަނީ ކުޅިވަރު ފަންޑަށް ނަގަން އުޅޭ ކަމަށް ސްޕޯޓްސް މިނިސްޓްރީ އިން ރައްޔިތުންގެ މަޖިލީހުގައި ބުނެފި އެވެ.
ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން މިކަން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ހާމަކުރެއްވީ ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއު އެވެ.
ރާފިއު ވިދާޅުވީ މާލޭގެ ބައެއް ކުޅިވަރު ކްލަބްތަކާއި، ގްރޫޕްތަކުން ކޮންޓްރޯލްކުރަމުން އަންނަ ފުޓްސަލް ދަނޑުތަކުން ލިބޭ އާމްދަނީ ސަރުކާރުގެ ކުޅިވަރު ފަންޑަށް ވަންނާނެ ގޮތަކަށް ސްޕޯޓްސް މިނިސްޓްރީ އިން ރާވަމުންދާ ކަމަށެވެ.
ރާފިއު މިގޮތަށް ޖަވާބުދެއްވީ އެ ދަނޑުތައް ގްރޫޕްތަކުން ކޮންޓްރޯލްކޮށް، އެތަންތަން ކުއްޔަށް ދީގެން އާމްދަނީ ހޯދާތީ އެ މައްސަލަ ނަންގައެ ދަނޑުތައް ގްރޫޕްތަކުން ކޮންޓްރޯލްކޮށް، އެތަންތަން ކުއްޔަށް ދީގެން އާމްދަނީ ހޯދާތީ އެ މައްސަލައާއި ގުޅޭގޮތުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނެވެ. ޖަވާބުގައި ރާފިއު ވިދާޅުވީ އެެއްވެސް އުސޫލެއްނެތި ދަނޑުތައް ކުލިއަށް ދޫކުރުމަކީ ކުރީ ސަރުކާރުގެ ފަރާތުން މި ސަރުކާރަށް ވާރުތަވި މައްސަލައެއް ކަމަށެވެ. ނަމަވެސް މި މައްސަލަ ހައްލުކުރާނީ މަޝްވަރާގެ ރިވެތި އުސޫލުން ކަމުގައި ރާފިއު ވިދާޅުވި އެވެ.
”އެތަންތަން ބޭނުންކުރައްވާ ބޭފުޅުން ވެސް ބޭނުންވާނެ ކަންނޭގެ އެ ފައިސާ ކުޅިވަރު ކުރިއެރުވުމަށް ހޭދަކުރަން. އަލަށް ފާސްކުރާ ކުޅިވަރު ގާނޫނާ އެކު މިކަންކަން އެގޮތަށް ތަރުތީބުވެގެން އަންނާނެ.“ ރާފިއު ވިދާޅުވި އެވެ.
މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުﷲ ރާފިއު މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން