އިއްޔެ އެންމެ ބޯކޮށް ވާރޭވެހުނީ އައްޑޫ ގަމަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

އިއްޔެ އެންމެ ބޯކޮށް ވާރޭވެހުނީ އައްޑޫ ސިޓީގެ ގަމަަށް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މެޓް އޮފީހުން އިިއްޔެ ހެނދުނު 08:00 އިން ފެށިގެން މިއަދު ހެނދުނު 08:00 ގެ ނިޔަލަށް މެޓް އޮފީހުން ރިކޯޑް ކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރި ވިއްސާރައިގައި އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ އައްޑޫ ގަމަަށެވެ.

ފާއިތުވީ 24 ގަޑިއިރު ގަމަށް 79.1 މިލިމީޓަރުގެ ވާރޭ ވެހިފައި ވެއެވެ.  ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނީ ސ. ހިތަދޫއަށެވެ. އެއީ 49.7 މިލިމީޓަރުގެ ވާރޭ އެެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު ބޯކޮށް ވާރޭވެހުނު ސަރަހައްދުތައް:

  • ސ. ގަން – 79.1 މިލިމީޓަރުގެ ވާރޭ
  • ސ. ހިތަދޫ – 49.7 މިލިމީޓަރުގެ ވާރޭ
  • ގދ. ފަރެސްމާތޮޑާ – 12.5 މިލިމީޓަރުގެ ވާރޭ
  • ގއ. ގެމަނަފުށި – 12.4 މިލިމީޓަރުގެ ވާރޭ
  • ޏ. ފުވައްމުލައް – 9.5 މިލިމީޓަރުގެ ވާރޭ

މެޓް އޮފީހުން މިއަދުގެ މޫސުން ލަފާކުރިގޮތުގައި ދެކުނުގެ އެކި ހިސާބަށް ވިއްސާރަކޮށް ބައެއް ރަށްރަށަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވެ އެވެ. މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް ރަށްރަށަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓް އިން ލަފާ ކުރެ އެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައި ވެެއެވެ.

އައްޑޫ ސިޓީ މޫސުމާ ބެހޭ ގައުމީ އިދާރާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ