ހައްޖު ކޯޕަރޭޝަނުން ގެސްޓްހައުސް ވިޔަފާރިއަށް ވަނުން ރަނގަޅެއް ނޫން: މިނިސްޓަރު ޒަމީރު

Advertisement

Advertisement

އެންމެ ފަސް

Advertisement

ހައްޖު ކޯޕަރޭޝަނުން ގެސްޓް ހައުސް ވިޔަފާރީގެ ތެރެއަށް ވަނުމަކީ ރަނގަޅު ކަމެއް ނޫންކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ޒަމީރާއި ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވަނީ ހައްޖު ކޯޕަރޭޝަނުން ގެސްޓް ހައުސްގެ ވިޔަފާރިއަށް ވަނުމުން ދެންވާނީ ކިހިނެއްތޯ ސުވާލު ކުރައްވާފަ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ހައްޖު ކޯޕަރޭޝަނުން ގެސްޓް ހައުސް ހިންގަން މަސައްކަތްކުރުމަކީ އޭގެ ޒާތުގައި އެންމެ ފައިދާހުރި ގޮތްތޯ އެ ކުންފުނީގެ ބޯޑުންނާއި ހިއްސާދާރުން ވިސްނާލަންޖެހޭ ކަމަށެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ ކުންފުންޏެއްގައި އިތުރުވާ ފަންޑެއް ހުރިނަމަ އެކަމެއްގެ ސްޕެޝަލިސްޓުންނާއި ހަވާލުކޮށްގެން އެ ފައިދާ ކުންފުންޏަށް ހޯދައިފިނަމަ އޭގެ ނަތިޖާ ރަނގަޅުވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެގޮތުން ޓޫރިޒަމަށް އިންވެސްޓްކުރާނަމަ އެދާއިރާގެ ސަރުކާރު ކުންފުނިތައް ހުރިކަން ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން މިނިސްޓަރު ޒަމީރު ވިދާޅުވީ އެޗްޑީސީ، ހައްޖު ކޯޕަރޭޝަން ނޫނީ ފެނަކައިން ގެސްޓް ހައުސްއާ ރިސޯޓް ހެދުމުން، އޭގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން ދާދިފަހުން ވަނީ އެ ކުންފުނިން އިސްލާމިކް ޓޫރިޒަމްގެ އިތުރުން ރިއަލް އެސްޓޭޓް ވިޔަފާރިއަށް ވަނުމުގެ ޝައުޤުވެރިކަން ހުރިކަން ފާޅުކޮށްފަ އެވެ. އެގޮތުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސަކީލް ވިދާޅުވީ އޭނާ އެމްޑީ ކަމާއި ހަވާލުވެވަޑައިގެންނެވިއިރު އެތަނުން އެއްވެސް ވަރަކަށް އާމްދަނީ އިތުރު ކުރަން މަސައްކަތްކުރިތަން ފެނިފައިނުވާ ކަމަށެވެ. އަދި މުޅިންހެން ކޯޕަރޭޝަން ހިންގަން ސަރުކާރަށް ބަރޯސާވާންޖެހޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އެހެންކަމުން، ރިއަލް އެސްޓޭޓް ނޫނަސް، އިންވެސްޓްކުރެވޭނެ އެހެން ދާއިރާތައް ރާއްޖެއަށް ހޯދިދާނެ ކަމުގައި ޝަކީލް ވިދާޅުވި އެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ވަނީ އިސްލާމިކް ޓޫރިޒަމް ނަންގަވާފަ އެވެ. އިސްލާމިކް ޓޫރިޒަމަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގައި ހިމެނޭ ގިނަ ގައުމުތަކުން މުސްލިމް ފަތުރުވެރިންނަށް ހާއްސަކޮށް ކުރިއަށްގެންދާ ފަތުރުވެރިކަމުގެ ބާވަތެކެވެ. މި ބާވަތުގެ ފަތުރުވެރިކަމުގައި ރަލުގެ ބާވަތްތައް ނުވިއްކުމާއި ހަލާލް ކާނާ އެކުލެވޭ ތަންތަނުން ފަތުރުވެރިންނަށް ހިދުމަތް ދެ އެވެ.

ހައްޖު ކޯޕަރޭޝަން ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ