ސްޓެލްކޯ ބިޒްނެސް ސެންޓަރ ވަރަށް އަވަހަށް ހުޅުވިގެންދާނެ: ފަހުމީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ސްޓެލްކޯ އިން ތަރައްގީ ކުރާ ބިޒްނެސް ސެންޓަރ ވަރަށް އަވަހަށް ހުޅުވިގެންދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ފަހުމީ މިކަން ހާމަކުރެއްވީ އޭނާގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މި ޕޯސްޓުގައި ވާހަކަދައްކަވަމުން ފަހުމީ ވަނީ ކުރު މުއްދަތެއްގެ ތެރޭގައި އެކުންފުނީގެ މުވައްޒަފުން އަމިއްލައަށް ޑިޒައިންކޮށްގެން ބިޒްނަސް ސެންޓަރ ގާއިމުކުރެވުނު ކަން ހާމަކުރައްވާފަ އެވެ. މިކަމަށްޓަކައި ފަހުމީ ވަނީ އެ މުވައްޒަފުންނަށް ޝުކުރު އަދާ ކުރައްވާފަ އެވެ. އަދި ބިޒްނަސް ސެންޓަރ ގެ ފޮޓޯއެއް ޝާއިއުކުރައްވަމުން އޭނާ ވަނީ އެތަން ވަރަށް އަވަހަށް ހުޅުވާނެ ކަމަަށްވެސް ހާމަކުރައްވާފަ އެވެ. އަދި އެ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތުގެ ސަބަބުން، އެ މަޝްރޫޢު ބީލަމަށް ދިޔަނަމަ، ހަރަދުވާނެ ކަމަށް ލަފާކުރެވޭ 13 މިލިއަން ރުފިޔާ ރައްކާކުރެވިއްޖެ ކަމަށްވެސް ފަހުމީ ވިދާޅުވެފައިވެ އެވެ.

ބިޒްނެސް ސެންޓަރ ބިނާކުރުމުގައި މުވައްޒަފުންގެ ހުނަރު ފާހަގަކުރެވިގެންދިޔަ ކަމަށް ފަހުމީ ވިދާޅުވި އެވެ. ސްޓެލްކޯގެ މުވައްޒަފުން ބިނާކޮށްފައިވާ 7،500 އަކަފޫޓުގެ މި ދެބުރީގެ އިމާރާތަކީ އެމީހުންގެ ބުރަ މަސައްކަތާއި ތަޖުރިބާގެ ހެކިތަކެއް ކަމަށް މީގެ ކުރިންވެެސް އޭނާ ވިދާޅުވެފައި ވެއެވެ.

މީގެ ކުރިން ފަހުމީ ވިދާޅުވެފައި ވަނި، މި ބިޒްނަސް ސެންޓަރުން އާންމުންނަށްވެސް އަދި އެހެން ކުންފުނިތަކާއި ރިސޯޓްތަކަށްވެސް ބޭނުންވާނެ ތަކެތި ގަނެވޭނެ ކަމަށާއި، އަދި މިކަން ކުރަނީ އާންމު މީހާ ކުރާ ވިޔަފާރީގެ ތެރެއަށް ވަނުމުގެ މަގުސަދުގައިވެސް ނޫން ކަމަށެވެ.

”ޖަވިޔަނި“ އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި އެމްޑީ ފަހުމީ ވިދާޅުވީ, ސްޓެލްކޯގެ ފިހާރަައެއްގެ ގޮތުގައި ގާއިމު ކުރަނީ ދެ ފަންގިފިލާގެ, 7000 އަކަފޫޓުގެ ބޮޑު ތަނެއް ކަމަށެވެ. މި ފިހާރައިން ވިއްކަން ބޭނުންވަނީ 2 މެގަވޮޓްއަށްވުރެ ކުޑަ ޖެންސެޓް, ޓްރާންސްފޯމަރު, ކޭބަލް, ޕެނަލްބޯޑް އަދި އިއާދަކުރަނިވި ހަކަތައިގެ ޓޯޓަލް ސޮލިއުޝަން ލިބޭނެ ސާމާނުކަން ފަހުމީ ފާހަގަ ކުރެއްވި އެވެ.

ސްޓެލްކޯ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ