ރާއްޖެ ބަނގުރޫޓުވުމުގެ ވާހަކަ ދެއްކުން މިހާރު ހުއްޓިއްޖެ: މޫސާ ޒަމީރު

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ރާއްޖެ ބަނގުރޫޓުވުމުގެ ވާހަކަ ދެއްކުން މިހާރު ހުއްޓިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު މޫސާ ޒަމީރާއި ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމްދީދީ ވަނީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ކިހާވަރެއްގެ ދަރަންޏެއް އޮތްތޯ އަދި ދަރަނި ދެއްކުމަށް ދައުލަތުގެ އާމްދަނީއިން ކިހާ ޕަސެންޓެއް ދައްކަންޖެހޭތޯ ސުވާލު ކޮށްފަ އެވެ.

އެ ސުވާލާއި ގުޅިގެން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު 124 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި އޮތް ކަމަށެވެ. އޭގެތެރެއިން ދެބައިކުޅަ އެއްބައި އެއީ ފާއިތުރވި 5 އަހަރުގެ ދަރަނިކަން ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ ދައުލަތުގެ ރެވެނިއުގެ 24 އިންސައްތަ ހޭދަކުރަންޖެހެނީ ދަރަނި ދެއްކުމަށް ކަމަށެވެ.

ރައީސް މުއިއްޒުގެ މަސައްކަތުން ބަޖެޓް ފޯމިއުލޭޓްކޮށް މިހާރު ދަރަނީގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރެވިފައިވާކަން މިނިސްޓަރު ޒަމީރު ފާހަގަ ކުރެއްވި އެވެ. ޒަމީރު ވިދާޅުވީ ދައުލަތުގެ ރެވެނިއު ރަނގަޅުކޮށް، ހަރަދުތައް ހަމަޖައްސާ، ގައުމުތަކާއެކު މަސައްކަތްކޮށް އެ ހުރިހާ ކަމެއް މިހާރު ހުރީ ހަމަޖެހިފައި ކަމަށެވެ. ދަރަނިތަކުން ސަލާމަތް ކުރުމަށް ރައިސް މުއިއްޒު ހުންނެވީ ވަރަށް ރަނގަޅަށް ޕްލޭން ކުރައްވައިގެން ކަމަށް ޒަމީރު ވިދާޅުވި އެވެެ. އަދި މިކަމުގައި މިދިޔަ 1 އަހަރު ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ ބޭރުގެ ރޭޓިން އެޖެންސީ ތަކުންވެސް ފަހުން ބުނެފައި ހުންނާނީ ރާއްޖޭގެ ހަރަދުތައް ކުޑަކުރުމަށް ކަމަށެވެ. އެހެންނަމަވެސް ކުރިން ދެއްކިގޮތަށް ރާއްޖެ ބަނގުރޫޓުވުމުގެ ވާހަކަ ދެއްކުން މިހާރު ހުއްޓިފައިވާ ކަމަށާއި އެއީ ރައީސް މުއިއްޒުގެ ހަރުދަނާ ސިޔާސަތުތަކުގެ ނަތީޖާ ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ