ހުޅުމާލެ ފަޅުތެރޭން މަރުވެފައި އޮތް މީހެއް ފެނިއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި ހުޅުމާލެ ފަޔަރ ސްޓޭޝަން ސަރަހައްދު ފަޅުތެރޭން މީހެއްގެ ހަށިގަނޑު ފެނިގެން އެ އިދާރާއަށް ރިޕޯޓް ލިބުނު ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމާއެކު އެ ސަރަހައްދަށްގޮސް، ހަށިގަނޑު ނަގައިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނި އެވެ.
ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ބުނި ގޮތުގައި އެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފަ އެވެ.
އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުޤީޤް ކުރަމުންނެވެ.