ޕްރައިމަރީ ހެލްތު ކެއަރ އަދި ޖެނެރަލް ޕްރެކްޓިޝަނަރގެ ހިދުމަތުގެ ސެންޓަރުތައް ގާއިމުކުރަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ރަނގަޅު ފެންވަރުގައި ޕްރައިމަރީ ހެލްތު ކެއަރ އަދި ޖެނެރަލް ޕްރެކްޓިޝަނަރގެ ޚިދުމަތް ދިނުމަށް މާލޭގެ 6 އަވަށާއި އަތޮޅު ތެރޭގައި ސެންޓަރުތައް ޤާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުން ނިންމެވީ އިއްޔެ ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅި ކަރުދާހަށް މަޝްވަރާކުރުމަށްފަހު އެވެ. މި ނިންމެވުމުގެ ދަށުން، މިއަހަރު ނިމުމުގެ ކުރިން މި ޚިދުމަތްތައް ތަޢާރަފުކޮށް ތަންފީޒުކުރަން ފެށުމަށް ވަނީ ނިންމާފަ އެވެ.

އޭގެއިތުރުން މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް ހެލްތު އަދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން މަޝްވަރާކޮށްގެން، ޞިއްޙީ ޚިދުމަތުގެ އިސްރާފުތައް ކުޑަކުރެވޭނެ ގޮތަކަށް މި މަސައްކަތް ކުރިއަށް ގެންދިއުމަށްވެސް ވަނީ ނިންމާފަ އެވެ. އަދި މާލެ ސަރަޙައްދާއި ރީޖަނަލް ސިޓީތަކުގައި މި ސެންޓަރުތައް ޤާއިމުކުރުމަށް ބޭނުންވާ ޖާގަ ހަމަޖެއްސުމަށާއި، ރައްޔިތުން ކިއުގައި މަޑުކުރަންޖެހޭ ވަގުތު މަދުކުރުމަށް އަދި ސްޕެޝަލިސްޓުންނަށް ދެއްކުމަށް ނަގާ މުއްދަތު ކުރުކުރުމަށް، މިހާރު ޖާގަ ލިބެން ހުރި އިމާރާތްތައް ބަލައި މި މަސައްކަތް އަވަސްކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފަ އެވެ.

މި ނިންމެވުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ޤައުމުގެ ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް މި ސަރުކާރުން އަޅުއްވަމުންދާ އަވަސް އަދި މުހިންމު ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ. މީގެ ކުރިން ވެސް، ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލު ޓަރޝަރީ ފެންވަރަށް އަޕްގްރޭޑްކުރުން ފަދަ މުހިންމު މަސައްކަތްތައް ވަނީ ކުރެވިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓްރީ އޮފް ހެލްތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ