ހުޅުމާލެއިން 10 ބިން ވިއްކަނީ

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލެއިން ދިރިއުޅުމަށް ބީލަން އުސޫލުން 10 ބިން ވިއްކުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކޮށްފި އެވެ.

އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނީ އެ ކުންފުނިން ދިރިއުޅުމަށް ބީލަން އުސޫލުން ހުޅުމާލޭން 10 ބިމެއް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ބިންތައް ވިއްކަނީ ބީޗް ސައިޑުންނާއި ބީޗް ފްރޮންޓުން ކަމަށް ވެސް އިއުލާނުގައިވެއެވެ.

ވިއްކުމަށް ހަމަޖެހިފައިވަ ބިންތަކުގައި އެންމެ ކުޑަވެގެން ވިއްކަނީ 1،230 އަކަފޫޓުގެ ބިމެވެ. އަދި އެންމެ މަތިވެގެން ވިއްކަނީ 3،250 އަކަފޫޓު ބިމެވެ.

އެޗްޑީސީން ބުނީ ބީލަން ފެށޭ އަގަކީ ބީޗް ފްރަންޓްގެ ބިންތަކަށް އަކަފޫޓަކަށް 4،500 ރުފިޔާއަށް ކަމަށެވެ. އަދި ބީޗް ސައިޑްގެ ބިންތަކަށް އަކަފޫޓަކަށް 4،000 ރުފިޔާއަށް ކަމަށެވެ.

އެޗްޑީސީން ބުނީ މި ބީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން، ބީލަމުގެ އުސޫލުން ބިންގަތުމަށް އެދި އޮންލައިންކޮށް ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހުޅުމާލެ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ