ދަނޑުވެރިކަމުގެ މަޝްރޫއު ހިންގާ ސައިޓް ފުށިދިއްގަރުފަޅަށް ބަދަލުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއު ހިންގާ ސައިޓް ފުށިދިއްގަރުފަޅަށް ބަދަލުކޮށްފި އެވެ.

މީގެ ކުރިން މި މަޝްރޫއު ހިންގަން ކަނޑައަޅާފައިވަނީ އުތުރުތިލަފަޅުގަ (ޔޫޓީއެފް) އެވެ. ދަނޑުވެރިކަމަށް ހާއްސަ އިކޮނޮމިކް ޒޯނެއްގެ ވާހަކަ ސަރުކާރުން އިއުލާންކުރީ މިއަހަރުގެ ކުރީކޮޅު އެވެ.

ޔޫޓީއެފް އަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބަނދަރު ތަރައްގީ ކުރުމަށް އިންޑިއާގެ ފައިސާއިން ހިންގާ މަޝްރޫއެއް ހިންގި ތަނެކެވެ.

މާޗް މަހު މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯން (އެމްއައިޑީއެފްޒެޑް) އާއި ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ (ސީއީސީ) ގުޅިގެން ޔޫޓީއެފްގައި ބޮޑު އޭއީޒެޑެއް ތަރައްގީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އޭރު ވިދާޅުވެފައި ވަނީ މި މަޝްރޫއަށް ޔޫޓީއެފްގައި 200 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ. ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމާއި، އިގްތިސާދީ ޒުވާންކަމާއި، އިމްޕޯޓަށް ބަރޯސާވުން އެންމެ ކުޑަކުރުމުގެ ގޮތުން ކުރިއަށް ގެންދާ މުހިންމު އިސްނެގުމެއްގެ ގޮތުގައި އޭނާ ތައުރީފު ކުރެއްވި އެވެ.

މި މަޝްރޫއު ހިންގުމުގެ ޒިންމާ އުފުލާފައިވާ ކުންފުނި އެމްއައިޑީއެފްޒެޑަކީ ދައުލަތުގެ ފަސް ކުންފުންޏެއްގެ ޖޮއިންޓް ވެންޗާއެކެވެ. މި ވެންޗާގައި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ހިމެނެ އެވެ.

އެސްޓީއޯގެ ތަރުޖަމާނަކު ހޯމަ ދުވަހު ސަން އަށް ބުނީ ޕްރޮޖެކްޓް ސައިޓް މިހާރު ބަދަލުކޮށްފައިވާނީ ޔޫޓީއެފް އިން ފުށިދިއްގަރުފަޅަށް ކަމަށެވެ.

ތަރުޖަމާނު ވިދާޅުވީ އެގޮތަށް ނިންމީ ލޮޖިސްޓިކަލް ސަބަބުތަކާހުރެ ކަމަށެވެ. އަދި އެސަރަހައްދު ވެރިރަށް މާލެއާއި ކައިރިވުމުންވެސް މި ނިންމުން ނިންމި ކަމަށް އެެސްޓީއޯ އިން ބުންޏެވެ. އާބާދީ ބޮޑު މާލެއަށް ގިނަ އުފެއްދުންތަކަށް ޑިމާންޑް ބޮޑުވާނެކަން އެސްޓީއޯއިން ފާހަގަކުރި އެެވެ.

އުތުރު ތިލަފަޅު (ޔޫޓީއެފް) ގެ ބިން ހިއްކުމާއި، އިންފްރާސްޓްރަކްޗާ ތަރައްގީކުރުމާއި، އެގްރިކަލްޗަރަލް އިންޑަސްޓްރިއަލް ޕާކާއި، ފަސިންޖަރުންނާއި މުދާ އުފުލާ ޓާމިނަލްތަކާއި، ބޭނުންވާ އެހެނިހެން ވަސީލަތްތައް އޭއީޒެޑް މަޝްރޫއުގެ ދަށުގައި ހިމެނެ އެވެ.

މީގެ އިތުރުން ތަރުކާރީ އާއި މޭވާ އުފެއްދުމުގެ އަސާސަކާއި ދަނޑުވެރިކަމުގެ ޓްރެއިނިން ފެސިލިޓީއަކާއި ޑިސްޓްރިބިއުޝަން އަށް ހާއްސަ ލޮޖިސްޓިކްސް ހަބެއް ގާއިމް ކުރުމުގެ ޕްލޭންތައް ހިމެނެ އެވެ.

ފުށިދިއްގަރުފަޅު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ