އެންސްޕާއަށް ނެގި އިމާރާތުގައި ޓީވީއެއް ހިންގާތީ ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތް

Advertisement

Advertisement

އެންމެ ފަސް

Advertisement

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ އޮފީސް ހިންގުމަށް ކުއްޔަށްހިފާފައިވާ އިމާރާތެއްގެ ދެ ފްލޯގައި އަލަށް އެފެއްދި ޓީވީ ޗެނަލެއް ހިންގަމުންދާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަންނަން މަޖިލީހުގެ ރިޔާސަތުން ނިންމައިފި އެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

މި ކުއްލި މައްސަލައާއި ގުޅިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ކުއްލި މައްސަލައެއްގައި ހުންނަންވާނެ ކަމަށް ބަޔާންކޮށްފައިވާ ޝަރުތު މި ކުއްލި މައްސަލައިގައި ފުރިހަމަ ނުވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ޖަލްސާއަށް ހުށަހެޅެން ނެތް ކަމަށެވެ.

މީކާއިލްގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ، އެންސްޕާގެ އޮފީސް ހިންގުމަށްޓަކައި އިމާރާތެއް ކުއްޔަށް ނެގުމަށް، 25 ޖޫން 2024 ގައި ޓެންޑާ ބޯޑް މެދުވެރިކޮށް ކޮށްފައިވާ އިއުލާނާ ގުޅިގެން ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރެއިން މޯލްޑިވްސް މީޑިއާ ހައުސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް އެ ބިޑު އެވޯޑްކޮށް 4 ފްލޯގެ 5 އަހަރުގެ ކުލީގެ ގޮތުގައި 34.8 މިލިއަން ރުފިޔާ އެކީ އެއްފަހަރާ ދީފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް — ފޮޓޯ: މަޖިލިސް

އެ ކުންފުނިން 4 ފްލޯ ކުއްޔަށް ހިފުމަށްފަހު އޭގެތެރެއިން 2 ފްލޯ،މޯލްޑިވްސް މީޑިއާ ހައުސް ޕްރައިވެޓް ލިމިޓެޑްއިން 28 ނޮވެމްބަރު 2024 ގައި ހިންގަންފަަށާފައިވާ އެމްއެމްޓީވީ ހިންގުމަށްޓަކައި ކުއްޔަކާނުލައި އެ ކުންފުންޏަށް ދީފައިވާ ކަމަށް ސޯޝަލް މީޑިއާގައި ތުހުމުތު ކުރަމުންދާކަން ފާހަގަ ކޮށްފައިވެ އެވެ.

ކުއްލި މައްސަލައިގައި ބުނެފައިވަނީ، މޯލްޑިވްސް މީޑިއާ ހައުސް ޕްރައިވެޓް ލިމިޓެޑްއަކީ މީޑިއާގެ މަސައްކަތްކުރުމަށް އެކުލަވާފައިވާ ކުންފުންޏެއްކަން ނަމުންވެސް ދޭހަވާ ކަމަށެވެ. އަދި އެންސްޕާއަށް އޮފީހެއް ކުއްޔަށްނެގުމާ ގުޅޭ ބިޑު މީޑިއާ ކުންފުންޏަކަށް ހަވާލުކޮށްފައިވުމުންވެސް މި މުއާމަލާތަކީ ސައްހަ މަގުން ހިންގާފައިވާ މުއާމަލާތެއްކަމަށް ޝައްކުކުރެވޭކަމަށް ފާހަގަ ކޮށްފައިވެ އެވެ.

މި ތުހުމަތުތަކުގައި ހަގީގަތެއް އެކުލެވޭނަމަ، މިއީ ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ނަހަމަގޮތުގައި ބޭނުންކޮށްގެން ހިންގާފައިވާ ބޮޑު ހިޔާނާތެއް ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ. އަދި މިއީ ދައުލަތުގެ މާލިއްޔާއިން ހިނގޭ ބޮޑު ބައްކަމާއި ކޮރަޕްޝަންގެ އަމަލެއް ކަމަށްވެސް ބުނެފައިވެ އެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ރައްޔިތުންގެ މަޖިލިސް މެންބަރު މީކާއިލް ނަސީމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ