ޔޫތް ހެލްތް ކެފޭ ރީބްރޭންޑްކޮށް، ކައުންސެލަރުން އިތުރު ކުރަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ޔޫތް ހެލްތް ކެފޭ ރީބްރޭންޑް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޔޫތް މިނިސްޓަރ އިބްރާހީމް ވަހީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިގޮތަށް ވިދާޅުވީ ”ޖަވިޔަނި“ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

މި އިންޓަވިއުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޔޫތް މިނިސްޓްރީން ހިންގަމުންދާ ޔޫތް ހެލްތް ކެފޭ ރީބްރޭންޑް ކުރަން މި ސަރުކާރުން ނިންމާފައިވާ ކަމަށެވެ. ޔޫތް ހެލްތް ކެފޭގައި ދޭ ކައުންސެލިން ހިދުމަތަށް އަބަދުވެސް ވަރަށް ގިނަ ބަޔަކު އެދޭކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ. ނަމަވެސް ކޮންމެ ދުވަހަކު ކަހަަލަ ގޮތަކަށް ޑިމާންޑާއި އެއްވަރަށް އެހިދުމަތް ފޯރުކޮށްދިނުމުގައި ދަތިކަން އެބަހުރިކަން މިނިިސްޓަރ ފާހަގަކުރެއްވި އެވެ. ޔޫތް މިނިސްޓްރީ އިން މި ހިދުމަތް ފޯރުކޮށްދެނީ މުޅިން ހިލޭސާބަހަަށެވެ.

އެއާއެކު، މިނިސްޓަރ ވިދާޅުވީ ޔޫތް ހެލްތް ކެފޭއަށް އަދިވެސް ކައުންސިލަރުން އިތުރަށް ބޭނުންވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޒުވާނުންގެ ދުޅަހެޔޮކަމަށް ހާއްސަ މި ހިދުމަތުން އަގެއް ނެގުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. އަދި ކައުންސެލަރުން ޔޫތް ހެލްތް ކެފޭއަށް އިތުރުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް މިނިސްޓަރ މައުލޫމާތު ދެއްވި އެވެ.

”މިތަން ރީބްރޭންޑް ކޮށްގެން ކައުންސެލަރުން ނެގުމުގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރަމުން އެބަދޭ“

މިނިސްޓަރ މިފަދައިން ވިދާޅުވެފައިވާއިރު ރާއްޖޭގައި ސައިކޮލޮޖީއާއި ކައުންސެލިންގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނުން ވަރަށް ބޮޑު އަގެއް ހިދުމަތަށް އާންމުކޮށް ނަގާ ކަން ފާހަގަކޮށްލަން ޖެހެ އެވެ.

މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ