9 ލައްކަ ރުފިޔާގެ މަގުމަތީ އަގުހުރި ޑްރަގް މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
ކަސްޓަމުން ބުނީ މިތަކެތި ފެނިފައިވަނީ ރާއްޖެ ގެނައި ޕެކޭޖަކުން ކަމަށެވެ. ކޫރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 395 ގުރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފައި ވެއެވެ. މި ޕެކޭޖް ކަސްޓަމުން ޗެކްކޮށްފައިވަނީ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރެގެން ނެވެ.
އެ ޕެކޭޖް އިން ފެނުނު ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަހުލީލު ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ފައްސިވެފައި ވެއެވެ. މި ތަކެތި ރާއްޖެ އެތެރެކުރަން މަސައްކަތްކޮށްފައިވަނީ ނޮވެންބަރު 30 ވަނަ ދުވަހު އެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް، މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެއްޗާއި މައްސަލައިގައި ޝާމިލްވާ ދިވެހި ފިރިހެނަކު ފުުލުހުންނާއި ހަވާލުކޮށްފައިވާ ކަަމަށް ކަސްޓަމްސް އިން މައުލޫމާތު ދީފައި ވެއެވެ.