އިގްތިސާދީ ތަރައްގީއާއި ވިޔަފާރިޔާ ބެހޭ ވުޒާރާއިން ”2040 ވަނަ އަހަރާ ހަމައަށް ތަރައްގީވެފައިވާ ގައުމަކަށް“ ގެ ނަމުގައި ފޮތެއް ނެރެފި އެވެ.
އިކޮނޮމިކް މިނިސްޓްރީ އިން ބޭއްވި މި ރަސްމިޔާތު ޝަރަފްވެރި ކޮށްދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިޔާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ.
މި ފޮތަކީރާއްޖޭގެ މުސްތަގުބަލުގެ ތަރައްގީއަށް މަގުދައްކައިދޭ މުހިންމު މަސައްކަތެކެވެ. މި ފޮތުގައި ފާއިތުވި އަހަރު ހާސިލުކުރެވުނު ކަންތައްތައް ފާހަގަކޮށް، ކުރިއަށް އޮތް އަހަރުތަކުގައި ގައުމު ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ޗާޓެއް ކުރަހާލާފައި ވެއެވެ. މީގެ އިތުރުން، ރާއްޖޭގެ ކުރިއެރުމާއި ފާގަތިކަމުގެ ބިންގާ އެޅުމަށް ބޭނުންވާ މުހިންމު މައުލޫމާތު ވެސް މިފޮތުގައި ހިމަނާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް ތައްޔާރުކޮށްފައިވާ މި ފޮތަކީ، ވަރުގަދަ އިގްތިސާދަކާ ދިމާއަށް ދރާއްޖެ ގެންދިއުމަށް މަގުދައްކައިދޭ ތަސައްވުރެކެވެ.