ވަގުތީ ގޮތުން ހާބަރު ފުޑް ކޯޓް ބަންދުކޮށްފި އެވެ.
”ޖަވިޔަނި“ އަށް މައުލޫމާތު ދެމުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މީޑިއާ އޮފިސަރ ބުނީ ހާބަރ ފުޑް ކޯޓްގެ 8 ޔުނިޓް ހިމެނޭ ބްލޮކް 4 މަރާމާތު ކުރުމުގެ ގޮތުން ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށެވެ. މަރާމާތަށްފަހު މި ތަންތަން ޖުމްލަ 3 މަސް ތެރޭގައި ހުޅުވާނެ ކަމަށް އޭނާ މައުލޫމާތު ދިނެވެ.
”މައިގަނޑު މަސައްކަތެއްގެ ގޮތުގައި ކުރަނީ މަތީ ފުރާޅު މަރާމާތު ކުރުން. އިރާދަކުރެއްވިއްޔާ 3 މަސް ތެރޭގައި އެތަންތަން އަލުން ހުޅުވާނެ“
އެސްޓީއޯ އިން ބުނީ އެ ކެފޭ ޔުނިޓްތަކުގެ ވެރިންނާއި އެސްޓީއޯއިން މިކަމާއި ގުޅޭގޮތުން މަޝްވަރާވެސް ކޮށްފައިވާ ކަމަށެވެ. މަރާމާތު ކުރަން އެތަންތަން ބަންދުކުރަން އެ ފަރާތްތަކާއިއެކު އެއްބަސްވި ކަމަށް އެސްޓީއޯ އިން ބުންޏެވެ.
ހައުސިން މިނިސްޓްރީ އާއި އެސްޓީއޯ ގުޅިގެން ’ރާވެރިބެ ކޮއްތުވެނި’ގެ ނަމުގައި ފުޑް ކޯޓުތަކެއް ތަރައްގީކޮށް ހުޅުވީ ޖުލައި 2018 ގައެވެ. އޭގެ ކުރިން އެ ސަރަހައްދުގައި ވަކިވަކި ކަޑަތައް ހިންގަމުން ދިޔަ އެވެ.