ހުޅުމާލެ ވޯޓާތީމް ޕާކް އަޅަންދިން ކުންފުންޏާ ދެކޮޅަށް ހުށަހެޅި މައްސަލަތައް ނަގައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭގައި ވޯޓާތީމް ޕާކެއް އެޅުމަށް ހަވާލުކުރި ވޯޓާ ފްރަންޓް ހޮޓެލް އެންޑް ލެޝަ ކުންފުންޏާ ދެކޮޅަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުށަހެޅި ދައުވާތައް އަނބުރާ ގެންގޮސްފި އެވެ.

ވޯޓާ ފްރަންޓް ހޮޓެލް އެންޑް ލެޝަ ކުންފުންޏާ ދެކޮޅަށް އެޗްޑީސީން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދެ މައްސަލައެއް ވަނީ އަނބުރާ ގެންގޮސްފަ އެވެ.

އެޗްޑީސީން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދެ މައްސަލައިގެ ތެރެއިން އެއް މައްސަލައަކީ، ވޯޓާ ފްރަންޓް ހޮޓެލް އެންޑް ލެޝަ ކުންފުންޏަށް ދޫކޮށްފައިވާ ދެ ބިމަކަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާއި ކުލި ނުދެއްކުމުން އަރާފައިވާ ޖުރިމަނާ ހޯދުމަށް ހުށަހަޅާފައިވާ މައްސަލައެކެވެ. އަނެއް މައްސަލައަކީ ވޯޓާ ފްރަންޓް ހޮޓެލް އެންޑް ލެޝަ ކުންފުނީގެ އަތުން ޕާފޯމަންސް ސެކިއުރިޓީ ހޯދުމާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަ އެކެވެ.

މި ދެ މައްސަލަވެސް އެޗްޑީސީން ސިވިލް ކޯޓަށް ހުށަަހަޅާފައިވަނީ 27 ޖެނުއަރީ 2022 ގައެވެ.

މި މައްސަލަތައް ކޯޓުގައި ކުރިއަށްދަނިކޮށް އެޗްޑީސީން ވަނި މި ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުންވެސް ބާތިލުކޮށްފަ އެވެ.

އެޗްޑީސީން މިމައްސަލަތައް އަނބުރާ ގެންގޮސްފައިވަނީ ކުއްޔަށްވާ ފައިސާއާއި ޕާފޯމަންސް ގެރެންޓީއަށްވާ ފައިސާއާއި ގެއްލުމުގެ ބަދަލު ހޯދުމަށް ވަކި ދައުވާއެއް ހުށަހަޅަން ބޭނުންވާތީ އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ގޮތަށެވެ. މިގޮތަށް މައްސަލަތައް އަނބުރާ ގެންދިއުމަށް ވޯޓާ ފްރަންޓް ހޮޓެލް އެންޑް ލެޝަ ކުންފުނިންވެސް ދެކޮޅު ހަދާފައެއް ނުވެ އެވެ.

އެހެންކަމުން ސިވިލް ކޯޓުން ވަނީ މިދިޔަ ބްރާސްފަތި ދުވަހު އެޗްޑީސީން ބޭނުންވިގޮތަށް މައްސަލަ ބާތިލުކޮށްފަ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހުޅުމާލެ ސިވިލް ކޯޓު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ