އެމްއެމްޓީވީއަށް އެންސްޕާ ބަޖެޓުން ހަރަދު ކުރިކަމަށް ބުނާ މައްސަލަ ބަލަން ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އެމްއެމްޓީވީ ހިންގުމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ބަޖެޓުން ހަރަދު ކުރާކަމަށް ބުނެ ކުރަމުންދާ ތުހުމަތުތަކުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.

މި މައްސަލަ ރަޖިސްޓާކޮށް ބަލަން ފަށާފައިވާކަން އޭސީސީން ވަނީ ޖަވިޔަނި ނޫހަށް ކަށަވަރުކޮށްދެއްވާފަ އެވެ.

ސޯޝަލް މީޑިއާގައި ވަނީ އެމްއެމްޓީވީގެ އޮފިސް ހިންގުމަށް އެންސްޕާގެ ބަޖެޓުން ފައިސާ ހަރަދުކޮށްފައިވާ ކަމަށާއި އެމްއެމްޓީވީގައި މަސައްކަތް ކުރުމަށް އެންސްޕާގެ ވަޒީފާއަށް މީހުން ނަގަމުންދާކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ.

މި ތުހުމަތުތަކާ ގުޅިގެން އެންސްޕާއިން ނޮވެންބަރު 29، 2024 ގައި ނެރުނު ނޫސް ބަޔާނެއްގައި ވަނީ މި މައްސަލަ ބަލައިދިނުމަށް އޭސީސީގައި އެދިފަ އެވެ.

އެންސްޕާއިން ވަނީ، އެންސްޕާގެ މުދަލާއި ފައިސާ އަދި މުވައްޒަފުން ބޭނުންކޮށްގެން ޓީވީ ޗެނަލެއް ހިންގަން އެހީތެރިވަމުން އަންނަ ކަމަށާއި، އެ ޗެނަލް ހިންގާ އިމާރާތުގެ ކުލި ދައްކަނީ އެންސްޕާ މެދުވެރިކޮށް ކަމަށް ތުހުމަތުކޮށް ބައެއް ނޫސްތަކުން ފަތުރަމުންދާ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް ބުނެ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

އެންސްޕާއިން ބުނެފައިވަނީ، އެ އެޖެންސީން ހިންގުމަށް އިމާރާތެއް ހޯދުމުގެ މުޢާމަލާތަކީ އެ އެޖެންސީއާއި މާލީ ވުޒާރާއާ ދެމެދު ކުރުމަށް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކުރެވިފައިވާ މުޢާމަލާތެއް ކަމަށެވެ. އަދި އެއީ އެ އެޖެންސީއާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވިފައިވާ މުޢާމަލާތެއް ނޫން ކަމަށްވެސް ބުނެފައިވެ އެވެ.

އެއީ އާންމު މުޢާމަލާތުގެ ގޮތުގައި ހާމަކަން ބޮޑު ގޮތެއްގައި މާލީ ވުޒާރާގެ މަންސަތަކުގައި ފެންނަން ހުރި މަޢުލޫމާތުތަކެވެ

އެންސްޕާއިން އިތުރަށް ބުނެފައިވަނީ، އެޖެންސީ ހިންގުމަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި، އެ މުވައްޒަފުންގެ ޒިންމާތައް ޙަވާލުކުރުމަކީ އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކުރެވެމުންދާ ކަންކަން ކަމަށެވެ.

ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަމާ ގުޅުންހުރި މިފަދަ މުއައްސަސާއަކާ ގުޅިގެންނާއި، މި މުއައްސަސާގެ މުވައްޒަފުންގެ ނަޒާހާތްތެރިކަމާމެދު ރައްޔިތުންގެ މެދުގައި ކަންބޮޑުވުމާއި ޝައްކު އުފެދޭގޮތަށް މަޢުލޫމާތު ފަތުރަމުންދާ ދިޔުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަދި މިފަދަ ދޮގު މަޢުލޫމާތު ފަތުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާނެ

މީގެ އިތުރުން އެންސްޕާއިން ވަނީ މި މައްސަލަ ބަލައިދިނުމަށް އެދި އޭސީސީއަށް ސިޓީއެއްވެސް ފޮނުވާފަ އެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ