ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެޕިއުޓީ ސީއީއޯ އަދި ޗީފް އޮޕަރޭޝަންސް އޮޕިސަރު (ސީއޯއޯ) ކަމަށް ސަހާ ވަހީދު އައްޔަން ކޮށްފި އެވެ.
ސަހާ އަކީ ބޭންކުގެ ދާއިރާގައި 18 އަހަރު ދުވަހު ހޭދަކޮށްފައިވާ ތަޖުރިބާކާރެކެވެ.
އެގޮތުން، 2006 ވަނަ އަހަރުން ފެށިގެން ބީއެމްއެލްގައި މަސައްކަތް ކުރަން ފެށި ސަހާ، އެ ބޭންކުގެ ބޯޑުލެވަލްގައި 9 އަހަރަށްވުރެ ދިގު މުއްދަތަށް މަސައްކަތްކޮށްފައިވެ އެވެ.
ސަހާ ސީއޯއޯ އަކަށް އައްޔަން ކުރުމާއި ހަަމަޔަށް 2014 ވަނަ އަހަރުން ފެށިގެން އޭނާ އަދާކުރަމުން އައީ ޕީޕަލް އެންޑް ޗޭންޖް ޑިރެކްޓަރުގެ މަގާމުގަ އެވެ.
ބީއެމްއެލްއިން ވަނީ، ސަހާ އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އަދި ސީއޯއޯ އަކަށް އައްޔަން ކުރެއްވުމުން މަރުހަބާ ކިޔާފަ އެވެ.