އިހުސާން ފަައްޔާޒަށް: ފުރާނައަށް ނުރައްކާވާގޮތަށް ހިޔާލުފާޅުކުރުމުން އަޅާނުލާންވީ؟

Advertisement

Advertisement

އެންމެ ފަސް

Advertisement

ފުރާނައަށް ނުރައްކާވާ ފަދަ ގޮތަކަށް ދޭހަވާ ފާޑަށް ވާހަކަދެއްކުމުން ފިޔަވަޅު އެޅުމުގައި އެއްވެސް މީހެއް އިސްތިސްނާ ނުވާނެ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ އިހުސާން މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެކްސްގައި ކުރެއްވި ޕޯސްޓަކަށް ދެއްވި ރައްދެއްގަ އެވެ.

ފައްޔާޒްގެ ޕޯސްޓުގައި ވަނީ އެމްޑީޕީގެ ސިޔާސީ އެކްޓިވިސްޓެއް ކަމަށްވާ ހުސައިން ޝާފިއުއާ ދެކޮޅަށް ފުލުހުން މައްސަލަ ލޮޖް ކުރުމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ. ފުލުހުން ޝާފިއުއަށް ޗިޓް ހުށަހަޅާފައިވަނީ އޭނާގެ އެކްސް ހޭންޑްލްއިން ހަޑިހުތުރު ބަސް ބޭނުންކޮށްގެން ބިރުވެރިކަމެއް އުފެދޭ ގޮތަށް އެކްސްގައި ޕޯސްޓްކޮށްފައިވާ މައްސަލައިގެ ތުހުމަތުގަ އެވެ.

ފައްޔާޒަށް ރައްދުދެއްވައި މިނިސްޓަރު އިހުސާން ވިދާޅުވީ، ޝާފިއު ކުރި ޕޯސްޓުގައި ލިޔެފައި މިއޮތީ ”މަށަށް ކަލޭ މަގެއްމަތިން ނުފެއްނާތި!“ މިހެން ކަމަށެވެ. އަދި މި ޖުމްލައިން ކޮންމެވެސް މީހަކަށް ނިސްބަތްކޮށް އެމީހަކު މަގެއް މަތިން ފެނިއްޖެނަމަ އެމީހަކަށް ޖިސްމާނީގޮތުން ގެއްލުމެއް ދީފާނެކަމަށް ދޭހަވާކަމަށް ވިދާޅުވި އެވެ.

‏ވަޒީރު ވަނީ މާދަމާ މީހަކު މިފަދަ އިބާރާތެއް ފައްޔާޒަށް ނިސްބަތްކޮށް ނުވަތަ ދޭހަވާގޮތަށް ބުނެފިނަމަ އެއީ ޙިޔާލުފާޅުކުރީކަމަށް ބަލާ އަޅާނުލާ ތިބެންވީތޯ ސުވާލު ކުރައްވާފަ އެވެ. އަދި އެހެން ތިއްބާ ފައްޔާޒު މަގެއްމަތިން ފެނި ޖިސްމާނީ އަނިޔާއެއް ދީފިނަމަ އެއީ ފާޅުކުރި ހިޔާލު އިތުރަށް ސާފުކޮށްދިނީކަމަށް ބަލާ އަޅާނުލާ ތިބެންވީތޯވެސް ސުވާލު ކުރެއްވި އެވެ. މިނިސްޓަރު ވަނީ ފައްޔާޒްގެ ޒަޢާމަތެއްގައި މިގައުމުގައި ކަންކަން އޮންނާނެގޮތަކީ މިއީތޯވެސް ސުވާލުކުރައްވާފަ އެވެ.

”ޔަގީނުންވެސް މިސަރުކާރުގައި އެއްވެސް ބޭފުޅެއް އިސްތިސްނާ ނުކޮށް އެމީހެއްގެ ހަށިގަނޑާއި ފުރާނަ ރައްކާތެރިކުރެވޭނެ ހުރިހާ ފިޔަވަޅެއް އަޅާނެ. ހަމައެއާއެކު ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކުގެ އިމުގެތެރޭގައި ހިޔާލުފާޅުކުރެވޭނެ އެންމެ ފުޅާމިނަށް އެކަން ކުރެވޭނެ މަގު އޮންނާނީ އަބަދުވެސް ހުޅުވިފައި،“ މިނިސްޓަރ އިހުސާން ވިދާޅުވި އެވެ.

މީގެ އިތުރުން، ކޮންމެ ކަމަކީ ސިޔާސީ ކުޅިވަރަކަށް ހެދުމަކީ ވަރަށް ޣައިރު ޒިންމާދާރު ކަމެއްކަންވެސް މިނިސްޓަރ އިހުސާން ފާހަގަކުރެއްވިއެވެ. މި މައްސަލައިގައި ކަމާބެހޭ އިދާރާތަކުން އިތުރަށް ތަޙްޤީޤުކޮށް ބަލަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝާފިއުގެ ޕޯސްޓުގައި ވަނީ ސިނގިރެޓް ފޮށްޓެއް އަގުބޮޑުވުމާއި ގުޅިގެން ހިތްހަމަނުޖެހުން ހާމަކޮށްފަ އެވެ. މީހުން ބުނާގޮތުގައި އޭނާގެ އެ މެސެޖްގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ”ކައްޒާބް“ އޭ ގޮވާ، އެމަނިކުފާނުގެ ސަރުކާރުން ސިނގިރެޓަށް ޑިއުޓީ ނަގާ މިންވަރު އަގުބޮޑުކުރުމާއި ގުޅިގެން ނުރުހުންވުން ފާޅުކޮށްފަ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ފައްޔާޒް އިސްމާއިލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ