ޓޫރިޒަމް އެވޯޑްސްއަށް ކުރިމަތިލާ މުއްދަތު އިތުރުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް 2024 އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށް، ބައިވެރިންނަށް ޑިސެމްބަރ 7 ވަނަ ދުވަހުގެ ނިޔަލަށް އެވޯޑްތަކަށް ކުރިމަތިލުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފިި އެވެ.

މިއަދު މިކަން އިއުލާންކޮށްފައިވަނީ މިނިސްޓްރީގެ ރަސްމީ އެކްސް އެކައުންޓް ގައެވެ.

މި އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ އޮކްޓޫބަރ 24 ވަނަ ދުވަހަށެވެ. މި އެވޯޑް ތައާރަފްކޮށްފައިވަނީ 2022 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބާއަށް ފަހު އެވެ.

މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް އަކީ މުޅި ގައުމުގެ ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ ދާއިރާއިން ދޭ ހާއްސަ ހިދުމަތްތައް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކު ބާއްވާ ޝަރަފުވެރި ހަރަކާތެކެވެ. ރިސޯޓް، ގެސްޓްހައުސް، ލައިވްބޯޑް، ސަފާރީ، އަދި ޓްރެވަލް އެޖެންސީ ފަދަ ކެޓަގަރީތަކުން ފަތުރުވެރިކަމުގެ ދާއިރާއިން ހޯދި ކާމިޔާބީތައް ފާހަގަކޮށް، މި އެވޯޑްތަކަކީ ސިނާއަތުން ކުރިއަށް ގެންދާ އުފެއްދުންތަކާއި މޮޅުކަން ފާހަގަކުރާ އެވޯޑެކެވެ.

2024 ވަނަ އަހަރަށް ފަސް ކެޓަގަރީއަކުން ޖުމްލަ 23 އެވޯޑް ދިނުމަށް ހަމަޖެހިފައި ވެއެވެ. މި އެވޯޑްތައް ދިނުމުގައި ބަލާނީ 1 ޖޫން 2023 އާއި 31 މެއި 2024 އާ ދެމެދު ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރި ތަންތަނަށެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ