އެންސްޕާ އާ ގުޅޭ ތުހުމަތުތައް ތަޙްޤީޤުކުރުމަށް އޭސީސީގައި އެދިއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން އެ މައްސަލަ ތަޙްޤީޤުކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އެދިއްޖެއެވެ.

އެންސްޕާގެ މުދަލާއި ފައިސާ އަދި މުވައްޒަފުން ބޭނުންކޮށްގެން ޓީވީ ޗެނަލެއް ހިންގަން އެހީތެރިވަމުން އަންނަ ކަމަށާއި، އެ ޗެނަލް ހިންގާ އިމާރާތުގެ ކުލި ދައްކަނީ އެންސްޕާ މެދުވެރިކޮށް ކަމަށް ތުހުމަތުކޮށް ބައެއް ނޫސްތަކުން ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން އެންސްޕާއިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ވަނީ އެއީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް ބުނެ އެ ވާހަކަތައް ދޮގުކޮށްފައެވެ.

އެންސްޕާއިން ބުނެފައިވަނީ، އެ އެޖެންސީން ހިންގުމަށް އިމާރާތެއް ހޯދުމުގެ މުޢާމަލާތަކީ އެ އެޖެންސީއާއި މާލީ ވުޒާރާއާ ދެމެދު ކުރުމަށް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކުރެވިފައިވާ މުޢާމަލާތެއް ކަމަށެވެ. އަދި އެއީ އެ އެޖެންސީއާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވިފައިވާ މުޢާމަލާތެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.

އެއީ އާންމު މުޢާމަލާތުގެ ގޮތުގައި ހާމަކަން ބޮޑު ގޮތެއްގައި މާލީ ވުޒާރާގެ މަންސަތަކުގައި ފެންނަން ހުރި މަޢުލޫމާތުތަކެވެ

އެންސްޕާއިން އިތުރަށް ބުނެފައިވަނީ، އެޖެންސީ ހިންގުމަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި، އެ މުވައްޒަފުންގެ ޒިންމާތައް ޙަވާލުކުރުމަކީ އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކުރެވެމުންދާ ކަންކަން ކަމަށެވެ.

ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަމާ ގުޅުންހުރި މިފަދަ މުއައްސަސާއަކާ ގުޅިގެންނާއި، މި މުއައްސަސާގެ މުވައްޒަފުންގެ ނަޒާހާތްތެރިކަމާމެދު ރައްޔިތުންގެ މެދުގައި ކަންބޮޑުވުމާއި ޝައްކު އުފެދޭގޮތަށް މަޢުލޫމާތު ފަތުރަމުންދާ ދިޔުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަދި މިފަދަ ދޮގު މަޢުލޫމާތު ފަތުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާނެ

މީގެ އިތުރުން، އެންސްޕާ އާއި އެ އެޖެންސީގެ މުވައްޒަފުންގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދޭގޮތަށް ދައްކަމުންދާ ވާހަކަތަކާމެދު މިނިވަން ތަޙްޤީޤެއް ހިންގައި އެކަންކަމުގެ ތަފްސީލް ރައްޔިތުންނަށް ހާމަކުރުމަށް އެ އެޖެންސީން ވަނީ އޭސީސީގައި އެދިފައިވެ އެވެ.

މި މައްސަލައިގައި އެންސްޕާއިން އަޅާފައިވާ މި ފިޔަވަޅަކީ، އެ އިދާރާގެ މަސައްކަތްތަކާއި މުވައްޒަފުންގެ ނަޒާހާތްތެރިކަމާމެދު އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދިނުމަށާއި، އާންމުންގެ އިތުބާރު ދެމެހެއްޓުމަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

އެންސްޕާއަކީ ރާއްޖޭގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ބަލަހައްޓާ މުހިންމު އިދާރާއަކަށްވާތީ، މި މައްސަލައަކީ ގިނަ ރައްޔިތުންގެ ސަމާލުކަން ލިބިފައިވާ މައްސަލައެކެވެ. އޭސީސީން މި މައްސަލަ ތަޙްޤީޤުކޮށް، އޭގެ ނަތީޖާ އާންމުކޮށްފިނަމަ، އެކަމުން އެންސްޕާގެ މަސައްކަތްތަކާމެދު އާންމުންގެ އިތުބާރު އިތުރުވެ، އިދާރާގެ ހާމަކަން ބޮޑުވެގެންދާނެ އެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ