ޒަކާތު މަހާސިންތާއިން ލިބިގެންދިޔަ މަޢުލޫމާތުން ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރެއްވުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަގުވާމީ ޒަކާތު މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ، މިފަދަ މަހާސިންތާއެއް ބޭއްވުމުގެ މުހިއްމުކަން ބައެއް މީހުންނަށް ވަޒަން ނުކުރެވޭ ކަމަށާއި، މިއީ ދެމެހެއްޓެނިވި ގޮތުގައި ދާއިރާ ތަރައްޤީކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މިމަހާސިންތާގައި ޒަކާތާއި ގުޅުންހުރި މުހިއްމު މަޢުޟޫތަކަށް އަލިއަޅުވާލެވިފައިވެ އެވެ.
އެގޮތުން ޒަމާނާއެކު ބަދަލުނުވާނެ ޝަރީޢަތުގެ އުސޫލުތަކާއި މިދާއިރާއިން ޒަމާނީގޮތުން ކުރިމަތިވަމުންދާ ގޮންޖެހުންތައް ދެނެގަތުމަށް ދިރާސާކުރުމުގެ މުހިއްމުކަމާއި، ޙާލަތްތަކާއި ގުޅިގެން ޒަކާތް ތަރައްޤީކުރުމުގެ މުހިއްމުކަމުގެ މައްޗަށްވަނީ މަޝްވަރާކުރެވިފަ އެވެ.
މީގެ އިތުރުން ޒަކާތުގެ ބެހެނިވެރިންގެ މަފްހޫމް ފުޅާކުރުމާއި، ޒަކާތު ފަންޑު ގުނަކުރުމާއި، ޒަކާތުގެ ބެހެނިވެރިން މާލީގޮތުން ބާރުވެރިކުރުވުމުގެ މުހިއްމުކަމުގެ އިތުރުން ޤާނޫނީގޮތުން ގެންނަންޖެހޭ ބަދަލުތަކާއި، ޒަކާތުގެ ދާއިރާ ހަރުދަނާކުރުމަށް ޒަމާނީ އީޖާދުތަކުގެ ބޭނުންކުރުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފަ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މޯލްޑިވްސް ޒަކާތު ހައުސް