ނަމުގައި ޤާނޫނު އަސާސީގެ ދިފާއު އޮތް ކަމުގައި ދިވެހީންގެ ވެރިކަން ވައްޓާލާ ގައުމު ހަލަބޮލި ކުރަން ޖަހާ ސަކަރާތް ރައްޔިތުންނަށް މިއަދު މާ ސާފު ކަމަށް މާލެސިޓީ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.
އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ނަރީޝް ވަނީ، ”ޤާނޫނު އަސާސީގެ މައްޗަށް ފައިންއެރި ބަޔަކަށް ހިމާޔަތް ކުރެވޭނީ ކޮން ޤާނޫނު އަސާސީ އެއްތޯ“ ސުވާލު އުފައްދަވާފަ އެވެ.
ނަރީޝް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ ވެރިކަމުގައި ދިވެހީންގެ ޤާނޫނު އަސާސީގައި ލިޔެފައިވާ ދިވެހީންގެ މިނިވަންކަމާއި ސިޔާދަތާއި، ދިވެހީންގެ ދީން ކަމުގައިވާ އިސްލާމްދީނުގެ ހުރުމަތް ކެނޑުމަށް މަސައްކަތްކޮށްފައިވެ އެވެ. އަދި ދިވެހީންގެ ސަރަހައްދު ކަމުގައި ޤާނޫނު އަސާސީގައި ބުނެފައިވާ ސަރަހައްދުން ބައެއް ބޭރުގެ ބަޔަކަށް ވިއްކާލަން މަސައްކަތްކުރި ކަމަށާއި، ދިވެހީންގެ ދިވެހި ވަންތަކަން ނަގާލައި އަމިއްލަ ގައުމުގައި ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ހެދުމަށް މަސައްކަތްކުރި ކަމަށްވެސް ވިދާޅުވި އެވެ.
”ނަމުގައި ޤާނޫނު އަސާސީގެ ދިފާއުގައޮ ކަމުގައި ދިވެހީންގެ ވެރިކަން ވައްޓާލާ ގައުމު ހަލަބޮލި ކުރަން ޖަހަން ތިޔަރާވާ ސަކަރާތް ރައްޔިތުންނަށް މިއަދު މާ ސާފު!“ ނަރީޝް ވިދާޅުވި އެވެ.
ނަރީޝް އިތުރަށް ފާހަގަކުރެއްވީ، ދިވެހީންނަކީ ސުލްހަ މަސަލަސްކަމާއި އަމާން ކަމަށް ލޯބިކުރާ ބައެއް ކަމަށެވެ.