ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އަދުލުއިންސާފާއި ސުލްހަވެރިކަމާއެކު ދިރިއުޅުމުގެ ހައްގު ހޯދުމަށް ފަލަސްޠީނުން ކުރަމުންދާ މަސައްކަތުގެ ބައިވެރިއެއްގެ ގޮތުގައި ރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފި އެވެ.

ރައީސް ޑރ. މުޢިއްޒު މި ޔަގީންކަން ދެއްވީ ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ދެއްވި ހާއްސަ މެސެޖުގަ އެވެ.

ރައީސްގެ މެސެޖުގައި، ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން ދޭ އެއްބާރުލުމަކީ ރާއްޖޭގެ އެންމެހާ ރައްޔިތުން ހިއްސާކުރާ ކަމެއްކަން ފާހަގަކުރައްވާފައިވެ އެވެ. އަދި ފަލަސްޠީނުގެ ރައްޔިތުން ކުރިމަތިލަމުންދާ އަނިޔާވެރިކަމާއި ގެދޮރު ގެއްލުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެ އެވެ.

ރައީސް މުޢިއްޒު އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށާއި، ހަނގުރާމައިގެ ޖަރީމާތަކުގައި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައްވާފައިވެ އެވެ. އަދި ފަލަސްޠީނުގެ ރެފިއުޖީންގެ ޙައްޤުގައި އދ.ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ (ޔޫ.އެން.އާރު.ޑަބްލިއު.އޭ) އަދާކުރަމުންގެންދާ މުހިންމު ދައުރަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައިވެ އެވެ.

އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޤަތުލުއާންމުގެ ޖަރީމާތަކާއި ޢަމަލުތައް ކުށްވެރިކުރައްވައި، މިއީ މުޅި ދުނިޔޭގެ ގުޅިފައިވާ ނިޒާމަށް ދެވޭ ޙަމަލާއެއްކަމުގައި ރައީސް ސިފަކުރައްވާފައިވެ އެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަންކަމަށް ކުރެވޭ މަސައްކަތަށްވުރެ މުހިންމު އެއްވެސް ކަމެއް ނޯންނާނެކަމުގައި ރާއްޖެއިން ގަބޫލުކުރާކަން ފާހަގަކުރައްވާފައިވެ އެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށްކަމުގައި ކަނޑައަޅައިގެން ފަލަސްޠީނުގެ މިނިވަން އަދި އިސްތިޤްލާލީ ދަޢުލަތެއް ޤާއިމުކުރުމަކީ މިމައްސަލައަށް ދެމެހެއްޓެނިވި ޙައްލެއްކަމުގައި ފާހަގަކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ފަލަސްތީން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ