ޔުނެސްކޯގެ ސިޑްސް ޑައިލޮގްގައި ރާއްޖެއިން ބައިވެރިވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ޔުނެސްކޯއިން އިންތިޒާމުކޮށްގެން ބޭއްވި ”ތާޑް ހައި-ލެވެލް ގްލޯބަލް ޑައިލޮގް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް)“ ގައި ދިވެހިރާއްޖެ އިން ބައިވެރިވެއްޖެ އެވެ.

އެގޮތުން މި ސިޑްސް ޑައިލޮގުގައި ރާއްޖޭގެ ފަރާތުން ބައިވެރިވި އެންވިއަރަންމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަލީ ފާރިސް ޔޫސުފް ވަނީ ބަޔާނެއްވެސް އިއްވަވާފަ އެވެ.

މި ބައްދަލުވުމަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީއާއި ކުރިމަގާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވޭ މުހިންމު ބައްދަލުވުމެކެވެ. މީގެ ތެރޭގައި ފެނުގެ ދަތިކަމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.

ސްޓޭޓް މިނިސްޓަރ އަލީ ފާރިސް ޔޫސުފް އޭނާގެ ބަޔާނުގައި ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ފެނުގެ ރައްކާތެރިކަމާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، މިފަދަ ބައިނަލްއަޤްވާމީ މަންޗެއްގައި މިކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުމަކީ އުފާކުރާ ކަމެއް ކަމަށެވެ.

މި ބައްދަލުވުމުގައި ބައިވެރިވި އެހެން ޤައުމުތަކުގެ ބޭފުޅުންނާއެކު ދިވެހިރާއްޖެއިން ވަނީ ތަޖުރިބާތައް ހިއްސާކޮށް، ކުރިމަގުގައި އެއްބާރުލުން އިތުރުކުރުމަށް މަގުފަހިކޮށްފަ އެވެ. އަދި މި ބައްދަލުވުމުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީއަށް އިތުރު ބާރެއް ލިބިގެންދާނެ އެވެ.

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ