ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ފަށާނީ އަންނަ އަހަރުގެ މާޗުގައި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
އަމީން މިގޮތަށް ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
ނޭޝަނަލް އިމަޖެންސީ ސާވިސް ފުޅާކުރުމަށާއި ފަތުރުވެރިކަމުގެ ބޭނުމަށް ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް މިދިޔަ އޮގަސްޓް މަހު އެކްސްޕްރެޝަންސް އޮފް އިންޓަރެސްޓް (އީއޯއައި) ހުޅުވާލާފައި ވެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ރާއްޖޭގައި އެ ހިދުމަތް ދިނުމަށް ބޭރުގެ 36 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
މިހާރުގެ ސަރުކާރުން ވެރިކަމާ ހަވާލުވިތާ އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ”ހަފްތާ 52“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަމީން ވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުރިހާ ގަވާއިދުތަކަށް ތަބާވެގެން ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފަށާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ހެލިކޮޕްޓަރުގެ ހިދުމަތްދޭ ކުންފުންޏަކާ އެކު ސޮއިކުރާނެ ކަން ހާމަކުރައްވާފަ އެވެ.
މީގެ 22 އަހަރު ކުރިން ރާއްޖޭގައި ހެލިކޮޕްޓަރު ދުއްވިއިރު ހިތާމަވެރި އެތައް ހާދިސާތަކެއް ހިނގާފައިވާކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ ރާއްޖޭގައި ހެލިކޮޕްޓަރު އުދުހުމުގައި ދަތިކަން އެބައޮތް ކަމަށެވެ. ނަމަވެސް އެކަމުގެ ތަހުލީލު ކުރިއަށް ގެންގޮސްފައިވަނީ އިނގިރޭސިވިލާތުގެ ސީއޭގެ ލަފާތަކާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ.
”މި ބަދަލަކީ އިނގިރޭސިވިލާތުގެ ސީއޭ ރެކޮމެންޑޭޝަނާއެކު ގެނެސްފައިވާ ބަދަލެއް، [އަދި] ރާއްޖޭގައި އޮޕަރޭޓްކުރާ އެންމެ ކޮމްޕެޓިބަލް ހެލިކޮޕްޓަރުތައް އޮޕަރޭޓްކުރާނީ ހަމައެކަނި މިތަނުގައި. އަޅުގަނޑުމެން ހުޅުވާފައި މިވަނީ ނިންމާފައިވާ ގޮތަށް ވަކި ވައްތަރަކާއި ސައިޒަކާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ހެލިކޮޕްޓަރުތަކުގެ [ހިދުމަތްތައް] ފެށުމަށް“ މިނިސްޓަރު ވިދާޅުވި އެވެ.
އަދި ހެލިކޮޕްޓަރުގެ ހިދުމަތުގެ ސަބަބުން އެއް ރަށުން އަނެއް ރަށަށް ނުވަތަ މާލެއަށް ބަލިމީހުން ގެންދިއުމުގެ އިތުރުން ރޭގަނޑު ފަތުރުވެރިން ގެންދިއުމުގައި ދިމާވާ ދަތިތައް ވެސް ހައްލުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާޗް މަހު ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވާތީ، އެއާ އެމްބިއުލާންސްގެ ގޮތުގައި ޑޭޝް 8 އާއި ސީޕްލޭނެއް ވެސް މިއަހަރު ވަނީ އޮޕަރޭޝަނަށް ގެނެސްފަ އެވެ.
މީގެ އިތުރުން އިންޑިއާއިން ހަދިޔާކުރި ޑޯނިއާ މަތިންދާބޯޓާއި ދެ ހެލިކޮޕްޓަރު ވެސް ކުރިން އޮތް ގޮތަށް އެގައުމުގެ އަސްކަރީ މުވައްޒަފުންގެ ބަދަލުގައި އިންޑިއާގެ މަދަނީ ފަޅުވެރިންނާ އެކު އޮޕަރޭޝަނަށް ގެނެސްފައި ވެއެވެ.
މިނިސްޓަރު މުހައްމަދު އަމީން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން