ރާއްޖޭގައި ޓީޗިން ހޮސްޕިޓަލެއް ގާއިމުކުރުމަށް ހާއްސަ ބިމެއް ކަނޑައަޅައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ޓީޗިން ހޮސްޕިޓަލެއް ގާއިމުކުރަން ސަރުކާރުން ރާވާފައިވާ ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ހެލްތް މިނިސްޓަރ މިފަދައިން ވިދާޅުވީ ”ޖަވިޔަނި“ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

މި އިންޓަވިއުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ މޯލްޑިވްސް ނޭޝަނަލްް ޔުނިވާސިޓީއަށް މިހާރު ދައުލަތުން ވަނީ ޓްރެއިނިން ހޮސްޕިޓަލެއްް އަޅަން ބިމެއްވެސް ހާއްސަޮށްފައި ކަމަށެވެ. އެ ބިމުގައި ޓްރެއިނިން ހޮސްޕިޓަލެއްގެ މަސައްކަތް ކުރުމަށް އެމްއެންޔޫއިން އިންތިޒާމްކުރަމުންދާކަން މިނިސްޓަރ ހާމަކުރެއްވި އެވެ.

”ދެން ސަރުކާރުގެ ސިޔާސަތަކަށް ވާނީ އެތަން ހަރުދަނާކޮށް ފުޅާކުރުން“

އެމްބީބީއެސް ޑޮކްޓަރުން ތަމްރީންވީ ފަދައިން އެކިއެކި ދާއިރާތަކުގެ ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީންވެގެންދިއުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވި އެވެ. އެގޮތުން ދިވެހި ޑޮކްޓަރުން ރާއްޖޭގައި ހިދުމަތް ކުރުމުން ވަރަށް ފަސޭހަވެގެންދާނެކަން ނާޒިމް ފާހަގަކުރެއްވި އެވެ. ބައެއް ހާލަތްތަކުގައި ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީން ކުރުމަކީ އެމްބީބީއެސް ޑޮކްޓަރުން ތަމްރީން ކުރުމަށްވުރެ ވަކި އުނދަގޫ ކަމެއް ނޫން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެމްއެންޔޫގެ ސްކޫލް އޮފް މެޑިސިން ތަރައްގީކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މިކަމަށްޓަކައި ބައިލެޓަރަލް ޕާޓްނާސްގެ މާލީ އެހީ ހޯދަން ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

”ދިވެހިރާއްޖޭގެ ސިއްހީ ނިޒާމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ދިވެހި ޑޮކްޓަރުން އުފައްދަން އެބަޖެހޭ. ދިވެހި ޑޮކްޓަރުން ނުއުފެދި އަޅުގަނޑުމެންގެ ހުރި އެންމެ ބޮޑެތި ގޮންޖެހުންތަކަށް ހައްލެއް ނުލިބޭނެ. އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގައި ވަރަށް އަވަހަށް ޓީޗިން ހޮސްޕިޓަލެއް ގާއިމުވެގެންދާނެ“

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީވެސް ދާދި ފަހުން އެމްއެންޔޫއިން މެޑިސިންގެ ދާއިރާއިން ފުރަތަމަ ފަހަރަށް ދަރިވަރުންތަކެއް ދަސްވެނިވެފައިވަނިކޮށެވެ. އެމްއެންޔޫގެ ސްކޫލް އޮފް މެޑިސިންއަށް ގިނަ ބައެއްގެ ޑިމާންޑް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އެގޮތުން، އެ ސްކޫލަށް ވަނުމަށް 500 ފަރާތެއް ފޯމް ހުށަހަޅާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން މައުލޫމާތު ދީފައި ވެއެވެ. އަދި ބޭރުގެ ދަރިވަރުންގެ ފަރާތުންވެސް އެޕްލިކޭޝަންތައް ލިބެމުންދާ ކަން އެ ވުޒާރާއިން ހާމަކޮށްފައި ވެއެވެ. ނަމަވެސް މިވަގުތު ހުރި ޖާގައިގެ ދަތިކަމުގެ ސަބަބުން ސްކޫލަށް ވެއްދޭނީ ދިވެހި ދަރިވަރުން އެކަނި ކަމުގެ ޔަގީންކަން ދީފައި ވެއެވެ.

އެ ވުޒާރާއިން ބުނީ ހުޅުމާލޭގައި ސްޓޭޓް އޮފް ދަ އާޓް މެޑިކަލް ސްކޫލެއް ބިނާކުރުމަށް ހާއްސަ ބިމެއް ކަނޑައަޅާފައިވާ ކަމަށް ދައުލަތުގެ މީޑިއާއަށް ދާދި ފަހުން މައުލޫމާތުދީފަ އެވެ.

ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް މިނިސްޓްރީ އޮފް ހެލްތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ