ޑޮލަރު ޤާނޫނާއެކު ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ދެނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ފޮރިން އެކްސްޗޭންޖް ގާނޫނާއިއެކު ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިގޮތަށް ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

މި ޕޯސްޓުގައި ރައީސް ވިދާޅުވީ 500 ޑޮލަރު މާރު ކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާއި ބެހޭ ބިލުގައި އޮތުމަކީ ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި އެވެ. އެކަމަށްޓަކައި އެމްއެމްއޭއަށް ރައީސް ޝުކުރުވެސް އަދާކުރެއްވި އެވެ. އަދި 17 ނޮވެމްބަރ 2024 ގައި އެމަނިކުފާނު ދެންނެވި ފަދައިން ގަވައިދު ތަންފީޒުކުރުން ވަރުގަދަ ކުރުމަށްޓަކައި އެމްއެމްއޭ އިން އިސްނަގައިގެން ބޭރު ފައިސާ އާއިބެހޭ ގާނޫނެއް ހެދިގެން ދިއުމަކީ މުހިއްމުކަމެއް ކަމަށް ރައީސް ވިދާޅުވި އެެވެ.

މި ގާނޫނުގެ ސަބަބުން ރިސޯޓު ތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރު ކުރެވިގެންދާނެ އެވެ. އަދި މީގެ އިތުރުން ޓޫރިޒަމް ނޫން ދާއިރާ ތަކުންވެސް ވަކި ވަރަކަށްވުރެ ގިނައިން ޑޮލަރު އާމްދަނީ ލިބޭނަމަ، ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ހިމަނާފައިވައިވުމުން ބޭންކިން ނިޒާމުގައި ދައުރުވާ ޑޮލަރު ކުރިން އަންދާޒާކުރި ވަރަށްވުރެ އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ފަހި ބަދަލުތަކުގެ ނަތީޖާއަކަށް ވެގެންދާނީ އާއްމު ރައްޔިތުންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ޑޮލަރުގެ ތިޔާގިކަން ލިބިގެންދިއުން ކަމަށެވެ. މިގޮތުން ސަރުކާރުން ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން ގާއިމުކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.  ދެވަނަ ކަމެއްގެ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު ދެގުނަކޮށް އެއަދަދު 1000 ޑޮލަރަށް ހެދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. މި ބަދަލު ފެންނާނީ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ކްރެޑިޓް ކާޑު ލިމިޓްތައް 2026 ގެ ފުރަތަމަ ކުއާޓަރުން ފެށިގެން ބޮޑުވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެންމެ ފަހު ކަމެއްގެ ގޮތުގައި ރައީސް ވިދާޅުވީ ދިވެހި ވިޔަފާރިވެރިންނަށް ތަކެތި އިމްޕޯޓްކުރުމުގެ ގޮތުން ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރެވޭނެ ކަމަށެވެ. މި ކަން ކުރެެވޭނީ އަންނަ ޖުލައި މަހުން ފެށިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

އެމްއެމްއޭ އިން މި ސިޔާސަތު ތައާރަފް ކުރީ ގައުމީ ބޭންކް، ބޭންްކް އޮފް މޯލްޑިވްސްގައި ޑޮލަރުގެ ދަތިކަން ކުރިމަތިވާ މައްސަލަ ހައްލުކުރުމަށެވެ. އެ ސިޔާސަތުގައިވާ ގޮތުން ކެޓަގަރީ އޭ ރިސޯޓްތަކާއި ހޮޓަލްތަކާއި ޓޫރިސްޓް އުޅަނދުތަކުން ކޮންމެ ގެސްޓް ޗެކްއިން އަކަށް ލޯކަލް ބޭންކަކަށް 500 ޑޮލަރު ޖަމާކޮށް ބަދަލުކުރަން ޖެހެ އެވެ. މީގެ އިތުރުން ގެސްޓް ހައުސް ފަދަ ކެޓަގަރީ ބީގެ ތަންތަނުން ގެސްޓަކަށް 25 ޑޮލަރު ޖަމާކުރަން ޖެހެ އެވެ. މި އާ ސިޔާސަތަށް އަމަލުކުރަން ފެށީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމްއެމްއޭ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ