ބޭރު ފައިސާގެ މައްސަލަ ހައްލުނުވަނީސް ޤާނޫނުގެ ދަށުން ޑޮލަރު ޖަމާކުރަންޖެހޭ ވިޔަފާރިތަކަށް އެއްވެސް ލުޔެއް ނުލިބޭނެކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ގަވަރުނަރު މިހެން ވިދާޅުވީ މިއަދު އެމްއެމްއޭއިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
މުނައްވަރު ވިދާޅުވީ މިވަގުތު އެއްވެސް ލުޔެއް ދެވެން ނެތްކަމަށާއި ނަމަވެސް ކުރިއަށް އޮތްތާ ފޮރިން އެކްސްޗޭންޖް ބިލްގެ ތެރެއިން ލިބިދޭ އިހުތިޔާރުގެ ތެރެއިން ލުއިތަކެއް ދެވޭނެ ކަމަށެވެ.
ފިއުޗާގަ އަޅުގަނޑުގެ ވިސްނުމަކީ ޙަޤީޤަތުގައި އަޅުގަނޑުމެން 2019 ވަނަ އަހަރާ ހަމައަށް އޮތް ލެވެލްއަށް އަޅުގަނޑުމެންނަން ދެވިއްޖެ ކަމުގައި ވާނަމަ އަޅުގަނޑުމެންނަށް ފޮރިން އެކްސްޗޭންޖް ބިލުގެ ތެރެއިން އަޅުގަނޑުމެންނަން ލިބިދޭ އިހުތިޔާރުގެ ތެރެއިން އިތުރަށް މިހާރަށް ވުރެ ލުއިތަކެއް ވެސް ދެވިދާނެ.
ފޮރިން އެކްސްޗޭންޖް ގާނޫނެއް އެކުލަވައިލުމުގެ އެންމެ މުހިންމު މަޤްޞަދަކީ މިހާރު ހަދާފައިވާ ގަވާއިދަށް އެއްވެސް ބަދަލެއް ގެނައުމެއް ނޫންކަމަށާއި އެއީ އެ ގަވައިދު އިތުރަށް އެންފޯސްކުރުމަށް ޓަކައި ގެންނަން ޖެހޭ އިތުރު ބާރުތަކެއް ގެނައުމަށްކަމަށް މުނައްވަރު ވިދާޅުވި އެވެ.
މިހާރު އެމްއެމްއޭއިން ޑްރާފްޓްކޮށްފައިވާ ބިލަށް އިތުރު އާ ސެކްޓާއެއް ލުމުގެ ބޭނުމަކީ ހުރިހާ ސެކްޓަތަކެއް ވެސް އިންސާފުވެރިކަމާ އެއްކޮށް ހިމެނުންކަމަށްވެސް މުނައްވަރު ވިދާޅުވި އެވެ. އަދި މި ގެނެވޭ ބަދަލުގެ ސަބަބުން ކުރިން އަންދާޒާ ކުރި ވަރަށް ވުރެވެސް އިތުރަށް މާރުކުރެވިގެންދާނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިހާރު އަމަލު ކުރަމުންދާ ގަވައިދަށް ލުއިތަކެއް ދިނުމަށް ބަލާއިރު ފައިނޭންޝަލް ސެކްޓާގައި ވާރުދެވިފައި ހުރި ދަރިތަކާއި މި ސެކްޓާ އޮތް ގޮތުން މިހާރު މިއޮތް އަނދަވަޅުން އަރައިގަތުމަށް ޓަކައި މިވަގުތު އެއްވެސް ލުޔެއް ދެވެން ނެތްކަމަށާއި މުސްތަގުބަލުގައި މަޑުމަޑުން ލުއިތައް ދޭނެކަމަށް މުނައްވަރު ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު އަހުމަދު މުނައްވަރު އެމްއެމްއޭ އެމްއެމްއޭގެ ގަވަރުނަރު