ބައެއް ޕްރޮޖެކްޓްތަކުގައި ސޮއި ކުރުމަށްފަހު ނުފެށި ލަސްވަނީ ބައެއް ކުންފުނިތަކުން އެޑްވާންސް ފައިސާ ނެގުމަށްފަހު ފިލާތީ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، ބައެއް ކޮންޓްރެކްޓަރުން ބިޑުކޮށްގެން ވެސް އެހެން ގޮތްގޮތުން ވެސް މަޝްރޫއުތަކުގެ އެޑްވާންސް ފައިސާ ހޯދާ ކަމަށެވެ. އަދި އެގޮތަށް އެޑްވާންސް ފައިސާ ހޯދުމަށްފަހު އެއްވެސް މަސައްކަތެއް ނުކޮށް ފިލަނީ ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިގޮތަށް ފިލާ ފަރާތްތަކުން، އެ ފައިސާއިން ވިޔަފާރިތައް ކުރާތަން ފެންނަ ކަމަށެވެ. ވިޔަފާރިކޮށްގެން ފައިދާ ހޯއްދަވައިގެން އަހަރުތަކެއް ފަހުން އާ ޕްރޮޖެކްޓް ހިންގަން މަސައްކަތް ކުރާ ކަމަށްވެސް ވިދާޅުވި އެވެ.
ބައެއް ކުންފުނިތަކުން މިގޮތަށް އަމަލު ކުރުމުގެ ސަބަބުން ދައުލަތަށް ވަރަށް ބޮޑަށް ގެއްލުންވާ ކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވި އެވެ.
މީގެއިތުރުން މިނިސްޓަރު މުއްތަލިބް ވަނީ ސޮއިކޮށްފައި އޮތްގޮތަށް ޕްރޮޖެކްޓްތައް ކުރިއަށްގެންދިއުމަށް ފުރުސަތު ދިނުމަށް ކައުންސިލްތަކުގައި އެދިވަޑައިގެންފަ އެވެ. ޕްރޮޖެކްޓްތަކަށް އަބަދު ބަދަލު ގެންނަނަމަ އެކަމުން ދައުލަތަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭ ކަމަށްވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ