4,000 ފްލެޓްގެ ރީ-އިވެލުއޭޝަންގެ މަސައްކަތަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ: މިނިސްޓްރީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުރީ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ 4،000 ފްލެޓްގެ ރީ-އިވެލުއޭޝަންގެ މަސައްކަތަށް އެއްވެސް ފަރާތަކުން ނުފޫޒެއް ނުފޯރުވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ދީފި އެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި، ރީ-އިވެލުއޭޝަންގެ މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ނުފޫޒު ފޯރުވާކަމަށް ބުނެ ފަތުރާ ޚަބަރުތަކަކީ ހަގީގަތާ ޚިލާފު، ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭގޮތަށް ފަތުރާ ޚަބަރުތަކެއް ކަމަށް ބުނެފައިވެ އެވެ.

”މި ސްކީމާއި ގުޅިގެން ކުރިއަށްދާ ރީ-އިވެލުއޭޝަންގެ މަސައްކަތްތައް އެއްވެސް ފަރާތަކުން ނުފޫޒެއް ނޯފުވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެންމެހައި ރައްޔިތުންނަށް އަރުވަމެވެ،“ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިނިސްޓްރީގެ މަޤްޞަދަކީ މި ސްކީމްގެ ދަށުން ފްލެޓްތައް ލިބިގެންދާނީ އެންމެ ޙައްޤުވެރި ފަރާތްތަކަށް ކަމުގައި ކަނޑައެޅިގެންދިއުން ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ހައުސިން މިނިސްޓްރީން މިގޮތަށް ބަޔާން ނެރުނުއިރު، މިނިސްޓްރީން މީގެކުރިން ވަނީ ފްލެޓް ލިސްޓު އާންމުކުރުމަށް އެކި ފަހަރުމަތިން އެކު މުއްދަތުތައް ދެމުންގެންގޮސް، މުއްދަތެއް ނެތް ގޮތަށް ލިސްޓް އާންމުކުރުން ފަސްކޮށްފަ އެވެ. މިނިސްޓްރީން ބުނި ގޮތުގައި މި ލަސްވުން އައިސްފައިވަނީ ކުރިމަތިލާފައިވާ އެންމެންގެ ފޯމްތައް އަލުން ރިވިއުކުރުމުގެ މަސައްކަތް ކުރަމުން އަންނާތީވެ އެވެ.

ކުރީގެ ސަރުކާރުން ފްލެޓް ދޫކޮށްފައިވާ ބައެއް ފވާ ބައެއް ފަރާތްތަކުން ހުށަހެޅި ފޯމްތަކުގައި އޮޅުވާލައިގެން ފޮނުވާފައިވާ ލިޔެކިޔުންތައް ހުރުމުން، އެ މައްސަލަ އޭސީސީއަށް ހުށަހެޅުނެވެ. އޭސީސީގެ އަމުރަށް ހައުސިން މިނިސްޓްރީން އެ ލިސްޓް ރިވިއު ކުރަމުންދާއިރު، މި ސަރުކާރުން އެ ލިސްޓަށް ނުފޫޒު ނުފޯރުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ 17 ނޮވެމްބަރުގައި ވިދާޅުވެފައިވެ އެވެ.

އޭސީސީން ބުނެފައިވާ ގޮތުގައި ފްލެޓް ލިބުނު މީހުންގެ ތެރެއިން 59.6% އަކީ ޝަރުތު ހަމަނުވާ ފަރާތްތަކެވެ.

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ހައުސިން މިނިސްޓްރީ ގެދޮރުވެރިޔާ ސްކީމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ