ތަރިކައިގެ ދާއިރާއިން ފަންނީ ކަންކަން ކިޔަވާދިނުމަށް ރާއްޖެއިން ބޭރުން ލެކްޗަރާއިން ގެންނަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ތަރިކައިގެ ދާއިރާއިން ފަންނީ ކަންކަން ކިޔަވާދިނުމަށް ރާއްޖެއިން ބޭރުން ލެކްޗަރާއިން ގެންނަން އުޅޭ ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު ވިދާޅުވެއްޖެ އެވެ.

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގެ ބަހާއި ތާރީޚާއި ސަގާފަތާއި ތަރިކަ ދިރުވައި އާލާކުރުމަށް ބޭރުގެ ފަރާތްތަކުގެ އެހީ ހޯދުމަކީ ވަރަށް ފަސޭހަ ކަމެކެވެ. މި ދާއިރާގައި މަސައްކަތްކުރުމަށް ބައެއް އިމާރާތްތައް އެޅުމާއި، ކްލާސްތައް ހިންގުމާއި، ދުވަސްވީ ތަކެތި އިއާދަކޮށް ބެލެހެއްޓުމަށް ޚާއްޞަ ލެބޯޓަރީއެއް ބޭނުންވާ ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ގައުމީ އަރުޝީފަށް މި ދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ މީހުން ބޭނުންވާ ކަމަށާއި، މި ދާއިރާއާ ގުޅުންހުރި ގިނަ ކަންތައްތަކެއް ކުރަން ބޭނުންވިޔަސް މިއީ ވަރަށް އަގުބޮޑު މަސައްކަތެއްކަން ވަޒީރު ފާހަގަކުރެއްވި އެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި މިހާރު ރާއްޖެ އޮތް ހާލަތާއެކު މިނިސްޓްރީން ދަނީ ވަރަށް ވިސްނުންތެރިކަމާއެކު ފަހަރަކު ކަމެއް ކުރަމުންނެވެ. ދުރުރާސްތާގައި މިފަދަ ގިނަ ކަންކަން ކުރުމަށް ރޭވިފައިވާ ކަމަށާއި، އެ ތަކެތި ބެލެހެއްޓުމަށް ގެންނަންޖެހޭ ނިޒާމުތައްވެސް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މި މަސައްކަތްތަކާ ހަވާލުވުން އެންމެ އެކަށޭނަ ފަރާތަކީ ދިވެހިން ކަމަށް ވަޒީރު ވިދާޅުވި އެވެ. އެހެންކަމުން، ވިލަރެސްވެރިން ނަގައި، އެފަރާތްތަކަށް ވަކި ބާވަތެއްގެ މަޢުލޫމާތު ދޭ ކްލާސްތައް ހިންގައިގެން މި މަސައްކަތް ކުރިއަށް ގެންދެވޭތޯ ބަލަމުންދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ފުރިހަމަ އަދަދު ލިބުމާއެކު ރާއްޖެއިން ބޭރުން ވިލަރެސްވެރިންނަށް ބޭނުންވާ ފަންނީ ކަންކަން ކިޔަވައިދިނުމަށް ލެކްޗަރަރުން ގެނައުމަށް ރޭވިފައިވާ ކަމަށް ވަޒީރު ހާމަކުރެއްވި އެވެ.

”މިހާރުން މިހާރަށް ބޭނުންވާ އިލްމާއި ޓެކްނޮލޮޖީ ދިވެހިންގެ އަތްމައްޗަށް ގެނައުން. އޭރުން ދިވެހިން މި ތަނުގައި ބާރުވެރިވެ، ދިވެހި ޒުވާނުންނަށް އިލްމު ލިބި، ދިވެހި ޒުވާނުންނަށް މަސައްކަތްތަކުގެ މަންފާ ލިބި ދިވެހި ގައުމު ބާރުވެރިވެ، ހަގީގީ ގޮތުގައި މިނިވަންކަން އަންނާނެ“

މިނިސްޓަރ ވިދާޅުވީ ކަޅުއޮށްފުންމި ފަދަ އެތަކެއް އެއްޗެއް އަދި ބިނާތައް މީގެ ކުރިންވެސް އުފައްދާފައިވަނީ ދިވެހިން ކަމަށެވެ. ހަމަ އެ ގާބިލުކަން ޒަމާނީ އިލްމުގެ އަލީގައި ދިވެހިންގެ މެދުގައި ދިރުވޭނެ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ދިވެހި ބަހާއި ސަގާފަތާއި ބެހޭ މިނިސްޓްރީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ