އިޔާދަކުރަނިވި ހަކަތައިން ރަކީދޫގެ ކަރަންޓްގެ ހިދުމަތަށް ބޮޑު ކުރިއެރުމެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ވ. ރަކީދޫގައި ސްޓެލްކޯއިން ހިންގި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުއާއި އެކު އެރަށުގައި އިޔާދަކުރަނިވި ހަކަތައިއިން ކަރަންޓު ދިނުމުގެ މަސައްކަތް ކުރި އަރާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަކީދޫއަށް ކަރަންޓުގެ ޙިދުމަތް މިހާރު ފޯރުކޮށްދެނީ ހައިބްރިޑް ޕީވީ-ބެސް-ޑީޖީ ސިސްޓަމް ބޭނުންކޮށްގެން ކަމަށެވެ.

ސޯލާ ފޮޓޯވޮލްޓިކް (ޕީވީ) ސިސްޓަމްތަކާއި ބެޓެރީ އެނާޖީ ސްޓޯރޭޖް ހިމެނޭ ގޮތަށް މިހާރު ކުރިއަށްދާ އިއާދަކުރަނިވި ހަކަތައަކީ ސްޓެލްކޯއިން ފުރިހަމައަށް ފައިސާ ހޯދައިގެން ކުރިއަށް ގެންދާ މުޅިން އައު މަޝްރޫއެކެވެ. މި މަޝްރޫއުއަކީ އިއާދަކުރަނިވި ހަކަތައިގެ ލަނޑުދަނޑިތަކާ ދިމާއަށް ރާއްޖެ ދިއުމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ލީޑަރޝިޕާއި ތަަސައްވުރަށް އަލިއަޅުވާލާ މަޝްރޫއެއް ކަމަށް ފަހުމީ ވިދާޅުވި އެވެ.

ތިއޭޑީބީން ފައިސާ ހޯދައިގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢަކީ ކުރީގެ ވެރިކަމުގެ ދަށުން ކުރިއަށް ނުގެންދެވި އޮތް މަޝްރޫޢެއްކަން ސާފުކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ފަހުމީ ވިދާޅުވި އެވެ. މިހާރު މިއޮތް އިސްނެގުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާއި ހަކަތައިގެ ދާއިރާއިން ކުރިއެރުން ހޯދުމަށް ސާބިތުކަމާއެކު ސަރުކާރުން ވައުދުވެފައިވާކަން ދައްކުވައިދޭ، މިނިވަން މަސައްކަތެއް ކަމަށް ފަހުމީ ވިދާޅުވި އެވެ.

ކުރީގެ ވެރިކަމުގައި އޭޑީބީން ފައިސާ ދީގެން ހިންގި މަޝްރޫޢުގެ ހާލަތު، މި އާ ލީޑަޝިޕްގެ ދަށުން ލިބިފައިވާ ކުރިއެރުންތަކުން ހާމަވެގެންދާ ކަމަށްވެސް ފަހުމީ ވިދާޅުވި އެވެ.

މި މަޝްރޫއުގެ ކާމިޔާބުކަން ބައްލަވާލެއްވުމަށް ރަކީދޫއަށް ވަޑައިގަތުމަށް ފަހުމީ ދައުވަތު އަރުވާފައި ވެއެވެ.

ވ. ރަކީދޫ ސްޓެލްކޯ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ