އައިލެންޑް އޭވިއޭޝަނުން އެމްއޭސީއެލްއަށް 1.12 ބިލިއަން ރުފިޔާގެ ދަރަނި ދައްކަން ޖެހޭ

Advertisement

Advertisement

އެންމެ ފަސް

Advertisement

އައިލެންޑް އޭވިއޭޝަނުން އެމްއޭސީއެލްއަށް 1.12 ބިލިއަން ރުފިޔާގެ ދަރަނި ދައްކަން ޖެހޭ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުލަތުގެ އެންޓަޕްރައިސަސް ކޮމިޓީއާ އެކު އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ޝަރީފްއާ ވަނީ އެމްއޭސީއެލްގެ މާލީ ހާލަތާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ.

އޭނާ ވިދާޅުވީ އެމްއޭސީއެލްއަށް ބޮޑެތި ދަރަނިތަކެއް އަދިވެސް ބައެއް އެސްއޯއީތަކުން ދައްކާފައިނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ އައިލެންޑް އޭވިއޭޝަނުން އެކަނި ވެސް 1.12 ބިލިއަން ރުފިޔާއިން އެމްއޭސީއެލްއަށް ދަރާފައިވާ ކަމަށެވެ.

”އެމީހުންގެ އަތުގައި އަދިވެސް އަޅުގަނޑުމެންނަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި 1.12 ބިލިއަން ރުފިޔާ އެބަހުރި، އެއީ އެމީހުންނަށް އެވަރޭޖްކޮށް އަހަރަކު 78 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދިން ނަމަވެސް،“ އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ނުދައްކާ ހުރި ފައިސާ ކުންފުނިތަކުން އަނބުރާ ދައްކާ ނަމަ ހަރަދު ކުޑަކުރެވޭނެ ކަމަށެވެ.

“…މިކަމުގެ ނަތީޖާއެއްގެ ގޮތުން ވޯކިން ކެޕިޓަލް ހޯދުމަށް ބޭންކުތަކަށް ދާން މަޖުބޫރުވެއްޖެ. މި ޕޭމަންޓްތައް ލިބިއްޖެނަމަ އަޅުގަނޑުމެންނަށް މާލީ ހަރަދުތައް ކޮންމެވެސް މިންވަރަކަށް ކުޑަކުރެވޭނެ،” އޭނާ ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އެމްއޭސީއެލް އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ