ހަނިމާދޫގައި އަންނަ އަހަރު ސީޕްލޭންގެ ހިދުމަތް ފަށަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ހދ. ހަނިމާދޫގައި އަންނަ އަހަރު ސީޕްލޭންގެ ހިދުމަތް ފަށާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑީއެމްޑީ މުޖުތަބާ ލަތީފް ވިދާޅުވެއްޖެ އެވެ.

މުޖުތަބާ މިކަން ހާމަ ކުރެއްވީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަދައްކަވަމުން ނެވެ.

މުޖުތަބާ ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް ނިމޭއިރު ސީޕްލޭންގެ ހިދުމަތް ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

“އިންޓަނޭޝަނަލް އެއާޕޯޓެއް ހަގީގަތުގައި ފީސިބަލް ކުރެވޭނީ ހަނިމާދޫއަށް ބޯޓުތަކުގައި އަންނަ ފަތުރުވެރިންނަށް 180 ކިލޯމީޓަރުގެ ރޭޑިއަސްގެ ތެރޭގައި ރިސޯޓްތަކާއި އެހެނިހެން [ޓޫރިސްޓް] ޕްރޮޕަޓީތަކަށް ވަދެވޭނަމަ،” އޭނާ ވިދާޅުވި އެވެ.

މުޖުތަބާ ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ފުޅާކުރުމުގެ މަޝްރޫއު ނިމޭއިރު އެމްއޭސީއެލް އިން ކުޑަ ސީޕްލޭން ޓާމިނަލެއް ހަދައި އޮޕަރޭޝަނަލައިޒް ކުރާނެ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓް ފުޅާކުރުމުގެ މަޝްރޫއު އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 136.6 މިލިއަން ޑޮލަރަށެވެ.

މި މަޝްރޫއަކީ 2019 ވަނަ އަހަރު ދިވެހި ސަރުކާރާއި އިންޑިއާގެ އެގްޒިމް ބޭންކާ ދެމެދު ހިންގާ ލައިން އޮފް ކްރެޑިޓެއްގެ ދަށުން ހިންގާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ތެރޭގައި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޖާގަ ލިބޭ ޓާމިނަލެއް ތަރައްގީކުރުމާއި 2.46 ކިލޯމީޓަރުގެ ރަންވޭއެއް ތަރައްގީކުރުމާއި 42،000 އަކަފޫޓުގެ އޭޕްރަންއެއް ތަރައްގީކުރުން ހިމެނެ އެވެ.

ހދ. ހަނިމާދޫ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އެމްއޭސީއެލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ