ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރެއްވި ކަމަށް ދެކެވެމުންދާ ވާހަކަތައް ރައްޔިތުންގެ މަޖިލީހުން ދޮގުކޮށްފި.
އަބްދުއްރަހީމް އާއި ރައީސް ނަޝީދު މިއަދު ހެނދުނު، ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގޭގައި ބައްދަލުކުރެއްވިކަން، އެ މައުލޫމާތު އެނގޭ ބައެއް މީހުން ކަށަވަރުކޮށްދީފައިވާ ކަމަށް ބުނެ އެ ހަބަރު ޝާއިއު ކޮށްފައިވަނީ ”އަދަދު“ ނޫހުން.
މަޖިލީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އަދަދު ނޫހުން ”މަޖިލީހުގެ ރައީސް އަބްދުއްރަހީމް، ނަޝީދުއާ ބައްދަލުކުރައްވައިފި“ ސުރުހީގެ ދަށުން ޝާއިރުކޮށްފައިވާ ހަބަރަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް، ކުރީގެ ރައީސް ނަޝީދާ މިއަދު ބައްދަލު ކުރައްވާފައި ނުވާކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން މަޖިލީހުގެ ރައީސް ދިރިއުޅުއްވާ ގެކޮޅު މުރައިދޫގެ ޗީފް އޮފް ސްޓާފް އާދަމް ހަލީމް (މުންޑޫ އާދަމް ހަލީމް) ކުރެއްވި ޕޯސްޓެއްގައި އޭނާވެސް ވަނީ އެ ހަބަރު ދޮގު ކުރައްވާފައެވެ.
އާދަމް ހަލީމްގެ ޕޯސްޓުގައި ވިދާޅުވީ މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުޙައްމަދު ނަޝީދުއާ ބައްދަލު ކުރެއްވި ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށެވެ.
ކެނެރީގޭގައި ވެސް މަޖިލީހުގެ ރައީސްގެ ރަސްމީގެކޮޅު މުރައިދޫގައި ވެސް، އެހެން ތަނެއް ގައިވެސް ޢަބްދުއްރަހީމް ޢަބްދުﷲ ނަޝީދާ ބައްދަލެއް ނުކުރައްވާ.
ރައީސް ނަޝީދު ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވުމަށްފަހު މިހާރު ހުންނެވީ ރާއްޖޭގަ އެވެ. ރައީސް ނަޝީދު ރާއްޖޭން ބޭރުގައި ހުންނެވީ މިހާރު އެމަނިކުފާނު އަދާކުރައްވަމުން ގެންދަވާ ކްލައިމެޓް ވަލްނެރިބިލިޓީ ފަންޑު (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލް މަގާމާ ގުޅިގެންނެވެ.
ރައީސް މުހައްމަދު ނަޝީދު އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް