މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިޞްލާޙު ގެނައުމަށް މި ހަފްތާގެ ތެރޭގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ދިވެހިރާއްޖެ ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅޭ އެންމެ ބޮޑު އެއް ސަބަބަކީ މިހާރު ޢަމަލުކުރަމުންދާ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ހުރި ބައެއް އުނިކަންކަން ކަމަށެވެ. އަދި މި ކަންކަން ޙައްލުކުރުމަށްޓަކައި، މި ހަފުތާގެ ތެރޭގައި އެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މި އިޞްލާޙުތައް ގެނައުމުގެ މަޤްޞަދަކީ މަސްތުވާތަކެތީގެ މައްސަލަތައް ތަޙްޤީޤުކޮށް، ދަޢުވާކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުން ކަމަށް ރައީސް ވިދާޅުވި އެވެ. މި އިޞްލާޙުތައް އެކުލަވާލާފައިވަނީ ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކުގެ މަޝްވަރާއާއެކު ކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިފައިވާ ގޭންގު ކުށްތަކުގެ މައްސަލައަށްވެސް ޙައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. މިގޮތުން، މިހާރު ޢަމަލުކުރަމުންދާ ގޭންގު ކުށްތައް މަނާކުރުމުގެ ޤާނޫނުގެ ބަދަލުގައި، އަލަށް އެކުލަވާލަމުންދާ ”ގޭންގު ހަދައިގެން ކުރާ ކުށްތައް މަނާކުރުމުގެ ބިލު“ ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، މި ފަދަ ބޮޑެތި މައްސަލަތަކަށް ދާއިމީ ޙައްލެއް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހި ރައްޔިތުން ދެއްވާ އެއްބާރުލެއްވުމަށް ނުހަނު ޝުކުރުވެރިވާ ކަމަށެވެ. މި މަސައްކަތުގައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް މުހިންމު ކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް މަސްތުވާތަކެތި