ފަތުރުވެރިންގެ އަދަދު 1.8 މިލިއަނަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.8 މިލިއަނަށް އަރައިފި ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ނެރުނު އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ސޯސް މާކެޓްގައި މިވަގުތު އެންމެ ކުރީގައި އުޅެނީ ޗައިނާ އެވެ. ޗައިނާއިން ފަތުރުވެރިން ރާއްޖެއަށް މިއަހަރު ތެރޭގައި އައިސްފައި ވެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އަންނަނީ ރަޝިޔާއިން ނެވެ. ރަޝިޔާއިން ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.8 މިލިއަން ވަނަ ފަތުރުވެރިޔާ ޒިޔާރަތްކުރީ ޑިސެމްބަރު 20 ވަނަ ދުވަހުގައިކަން ފާހަގަކޮށްލަން ޖެހެ އެވެ. އެ މުއްދަތާއި އަޅާބަލާއިރު ރާއްޖެއަށް މިއަހަރު އައި ފަތުރުވެރިންގެ އަދަދުތަކަށް ވަނީ 9.2 އިންސައްތައިގެ ކުރިއެރުމެއް އައިސްފަ އެވެ.

މިއަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 10 ގައުމު:

  • ޗައިނާ – 248،500
  • ރަޝިއާ – 202،100
  • އިނގިރޭސިވިލާތް – 156،900
  • ޖަރުމަނު – 139،800
  • އިޓަލީ – 122،500
  • އިންޑިއާ – 110،000
  • އެމެރިކާ – 60،500
  • ފްރާންސް – 47،300
  • ސްޕެއިން – 42،400
  • ސްވިޓްޒަލޭންޑް – 36،100

މިއަހަރުގެ މިހާތަނަށް 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު ސަރުކާރުން ވަނީ މިއަހަރު ނިމޭއިރު 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒު ހިފާފަ އެވެ. އެ އަމާޒު ހާސިލުކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން ދަނީ އެކި ތަންތަނުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރަމުން ނެވެ.

ރާއްޖޭގައި މިހާރު ފަތުރުވެރިންނަށް ހިދުމަތްދޭ 1،242 ޓޫރިޒަމް ފެސިލިޓީގެ ތެރޭގައި 171 ރިސޯޓާއި، 902 ގެސްޓްހައުސްއާއި، 155 ސަފާރީއާއި، 14 ހޮޓާ ހިމެނެ އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް ފަތުރުވެރިކަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ