އެފްޑީސީ 2 ޕްރޮޖެކްޓަށް ނަގާފައިވާ 267 މިލިއަން ޑޮލަރުގެ ލޯނުން ބޮޑު ބައެއް ދައްކައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިހާރު ހިންގަމުންދާ ހައުސިންގ ޕްރޮޖެކްޓަށް ނަގާފައިވާ 267 މިލިއަން ޑޮލަރުގެ ލޯނުން ބޮޑު ބައެއް މިހާރު ދައްކާފައިވާކަމަށް އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.

ހަމްދާން ޝަކީލް މިހެން ވިދާޅުވީ ޖަވިޔަނި ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

ހަމްދާން ޝަކީލް ވިދާޅުވި ގޮތުގައި، މި ލޯނުގެ ތެރެއިން މިހާތަނަށް ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަރނޭޝަންލް ލިމިޓެޑް (ކޭޕިއައިއެލް) އަށް 96.2 މިލިއަން ޑޮލަރު އަދި ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އަށް 72.7 މިލިއަން ޑޮލަރު ވަނީ ދައްކާފަ އެވެ. މިއީ ލޯނުގެ ބޮޑު ބައެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ލޯނުގެ ބާކީ އޮތް 58.1 މިލިއަން ޑޮލަރު (20.3 މިލިއަން ޑޮލަރާއި 37.8 މިލިއަން ޑޮލަރު) އަދި ޑިސްޕާސް ނުކޮށް އޮތް ކަމަށާއި، މި ފައިސާ ދޫކުރަމުން ދާނީ ޕްރޮޖެކްޓުގެ ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ކުރިއަށްދާ މިންވަރަކުން ކަމަށް ހަމްދާން ޝަކީލް ވިދާޅުވިއެވެ.

މީގެ އިތުރުން، އެފްޑީސީގެ އިތުރު އެއްވެސް ދަރަންޏެއް ނެތް ކަމަށް ހަމްދާން ޝަކީލް ވިދާޅުވިއެވެ.

އޭގެ އިތުރަކަށް އެފްޑީސީގެ އިތުރު އެއްވެސް ދަރަންޏެއް ނޯންނާނެ. ޑޮމެސްޓިކް ވެސް އަދި ފޮރިން އެއްވެސް ޕާޓީއަކަށް އެއްވެސް ދަރަންޏެއް ނޯންނާނެ.

އެފްޑީސީގެ ބެލުމުގެ ދަށުން ހުޅުމާލޭގައި އަޅަމުން އަންނަ ފްލެޓްތަކުގެ ތެރެއިން ކޭޕީއައިއެލްއިން އަޅަމުން އަންނަ 2،000 ފްލެޓްގެ މަސައްކަތް އަންނަ ޖެނުއަރީއަށް ނިމޭނެކަމަށްވެސް ހަމްދާން ވަނީ އިންޓަވިއުގައި ވިދާޅުވެފަ އެވެ.

ހަމްދާން ޝަކީލް ފަހި ދިރިއުޅުން ކޯޕަރޭޝަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ