ހުޅުމާލެ ރެޑްބުލް ސްކޭޓް ޕާކް ތެރޭ ބަރަހަނާކޮށް ހުރި މީހާ ހައްޔަރުކޮށްފި ކަމަށް ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ފުލުހުން މިހެން ބުނީ ރެޑް ބުލް ސްކޭޓް ޕާކް ތެރެއިން ބަރަހަނާކޮށް ހުރި ފިރިހެނެއްގެ މަންޒަރު ދައްކާ ވީޑިއޯއެއް މީސް މީޑިއާގައ ދައުރުވަމުންދަނިކޮށެވެ. މި ފިރިހެންމީހާއަކީ ދިވެހި ފިރިހެނެއްކަން ފުލުހުން ކަށަވަރުކޮށްދިނެވެ.
މި މީހާ މިވަގުުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ.
ރެޑްބުލް ސްކޭޓް ޕާކުން ނަގާފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ކައިރީގައި ޓީޝާޓެއް އޮތެވެ. ބަރަހަނާ ހާލުގައި އޭނާ ހުރީ ސިނގިރެޓެއް ބޯށެވެ. އެ މަންޒަރު ދުށް ބަޔަކު އޭނާ ކައިރީގައި ހެދުން ލާން ބުނާ އަޑުވެސް އިވެ އެވެ. އެންމެ ފަހުން އޭނާ ހެދުމެއް ނަގައިގެން ހުންނަ ތަންވެސް ދައްކަ އެވެ.