ނަޝާތު އަދި އާސިފް ވަކިކުރަން މަޖިލީހުން ފާސްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަލީ ނަޝާތު އަދި މެންބަރު މުހައްމަދު އާސިފް ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އީސީ އަދި އޭސީސީގެ މެންބަރުންތަކެއް ވަކިކުރުމަށް ނިންމިމަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ކޮށްގެންނެވެ.

ކޮމިޓީ ބައްދަލުވުމުގައި ނިންމާފައިވަނީ އޭސީސީގެ ނައިބު ރައީސް އަބްދުލް ސަލާމާއި މެންބަރު ތޯހާ މުހައްމަދާއި އީސީގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފާއި މެންބަރު ޑރ. މުހައްމަދު ޒާހިރު މަގާމުން ވަކި ކުރުމަށެވެ.

އީސީގެ ނައިބު ރައީސް ނަޝާތު ވަކި ކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 69 މެންބަރުންނެވެ. ވަކިކުރުމާ ދެކޮޅަށް 10 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ. މެންބަރު އާސިފު ވަކިކުރުމަށް 68 މެންބަރުން ވޯޓު ދެއްވިއިރު ވަކިކުރުމާ ދެކޮޅަށް 10 މެންބަރުން ވޯޓު ދެއްވި އެވެ.

މީގެއިތުރުން އީސީގެ މެންބަރު ޑރ. މުހައްމަދު ޒާހިރު ވަކިކުރުމަށް މަޖިލީހުން ފާސްވެފައެއް ނުވެއެވެ. ޒާހިރު ވަކިކުރުމާ ދެކޮޅަށް 70 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ. އަދި ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމުން މުހައްމަދު ނާސިހް ވަކިކުރުމަށްވެސް މަޖިލީހުން ފާސްވެފަައެއް ނުވެ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަކިކުރުމަށް ނިންމި އޭސީސީގެ ނައިބު ރައީސް އަބްދުލް ސަލާމާއި މެންބަރު ތޯހާ މުހައްމަދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އެހެންކަމުން އެ ދެ ބޭފުޅުން ވަކިކުރުމާ ގުޅޭގޮތުން މިއަދުގެ ޖަލްސާގައި ވޯޓަށް އަހާފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް އިލެކްޝަންސް ކޮމިޝަން (އީސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ