އެއް ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަތުމުން ފުލުހުންނާއި ސިފައިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިގޮތަށް ވިދާޅުވީ މިއަދު އެމްއެންޑީއެފް ކޯސްޓްގާޑުން ހދ. ކުމުންދޫގެ ކަނޑުގެ ސަރަހައްދުން މަސްތުވާތަކެތި އަތުލައިގަތުމާއި ގުޅިގެން ނެވެ.
ރައީސް ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިއަދުގެ ވަގުތެއްގައި ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުން 468.6 ކިލޯގްރާމުގެ މަސްތުވާތަކެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގެންފައިވާ ކަމަށެވެ. ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަކީ އަޅުގަނޑުމެން އެއްމެ އިސްކަންދޭ އެއްކަންތައް ކަމުގައި ރައީސް ވިދާޅުވި އެވެ.
”މިތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް އެއް ބިލިއަން ދިވެހި ރުފިޔާ. ޤާނޫނު ތަންފީޒުކުރާ މުއައްސަސާތަކުން މިދާއިރާއިން ކުރަމުންގެންދާ ބުރަމަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން“
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް އަލީ ސުޖާއު ވިދާޅުވީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި ރާއްޖޭގެ އުތުރުން ދަތުރުކުރި ލަންކާއަށް ނިސްބަތްވާ މަސް ބޯޓަކުން 468 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އަދިި އެ ތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވިގޮތުގައި ޕްރައިމެރީ ޓެސްޓްތަކުގެ ނަތީޖާއިން ދައްކާގޮތުގައި އަތުލައިގަތް މަސްތުވާތަކެތީގެ ތެެރޭގައި 344 ކިލޯގެ މެތް، 124.6 ކިލޯގެ ކޮކެއިން ހިމެނެ އެވެ. މި އެއްޗެހީގެ އަގަކީ އެއް ބިލިއަން ރުފިޔާ ކަމަށް ޝުޖާއު މައުލޫމާތު ދެއްވި އެވެ.
މިފަދަ ޝައްކުވާ ޒާތުގެ ބޯޓުފަހަރުގެ މައުލޫމާތު ފުލުހުންނަށް ލިބެމުންދާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ހދ. މަކުނުދޫ ކަނޑުގެ ސަރަހައްދުގައި ހިންގި މި އޮޕަރޭޝަނަކީ އެމްއެންޑީއެފްއަަށް ލިބުނު މައުލޫމާތުގެ ތެރެއިން ހިންގި އޮޕަރޭޝަނެއް ކަމަށް ސީޕީ މައުލޫމާތު ދެއްވި އެވެ. މި ބޯޓު އަތުލައިގެންފައިވަނީ ކޯސްޓް ގާޑުން ނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސްތުވާތަކެތި ދިވެހި ފުލުހުންގެ ޚިދުމަތް