ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާ މޮނިއުމެންޓްތައް ދައްކާލައިފި، ގިނަ ބަޔަކަށް ކަމަކު ނުދިޔަ

Advertisement

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯއަށް ގެނެވުނު ބަދަލާ ގުޅިގެން ހަދާފައިވާ ވަށްބުރުތަކުގައި ބަހައްޓާ މޮނިއުމެންޓްތަކުގެ ޑިޒައިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދައްކާލުމާއެކު، ގިނަ ބައެއްގެ ފާޑުކިޔުންތައް ސޯޝަލް މީޑިއާއަށް ބަންޑުންކޮށްލައިފި އެވެ.

އެޗްޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ހުޅުމާލޭގެ މަގުތަކުގައި ހަދާފައި ހުރި ވަށްބުރުތަކުގައި ބަހައްޓާ މޮނިއުމެންޓްތައް ޑިޒައިން ކުރުމަށް އެ ކޯޕަރޭޝަނުން ހުޅުވާލި ފުރުސަތުގައި، ހުށަހެޅި ޑިޒައިންތަކުގެ ތެރެއިން އެއް ވަނަ އަށް ދިޔަ ޑިޒައިން އާންމުކޮށްފަ އެވެ. މި ޑިޒައިންގައި ހިމެނެނީ އަރަބި-އިސްލާމީ ވަންތަކަމާއި، ދިވެހިވަންތަކަން ދައްކުވައިދޭ ކަނޑުގެ ބައެއް ދިރުންތަކާއި، ދިވެހި ތާރީޚުގެ ތެރެއިން ފާހަގަކޮށްލެވޭ ބޮޑު ބަޑި ފަދަ ތަކެތި އެވެ.

ނަމަވެސް މި ޑިޒައިންތައް އާންމުކުރުމާއެކު، ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ގިނަ ބަޔަކު ފާހަގަކޮށްފައިވަނީ މޮނިއުމެންޓްތަކެއް ބެހެއްޓުމުގެ ބަދަލުގައި، އެ ވަށްބުރުތަކުގައި ގަސް އިންދުން މާ ރަނގަޅުވާނެ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ބުނެފައިވަނީ މަގު މެދަށްވާގޮތަށް ހުންނަ ވަށްބުރެއްގައި މޮނިމެންޓް ހެދުމުން މަގަށް ބަހައްޓަންޖެހޭ ސަމާލުކަން ކުޑަވެ، ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަށް މެދުވެރިވެދާނެ ކަމަށެވެ.

އެހެންނަމަވެސް، މި ވަށްބުރުތަކަކީ ހުޅުމާލޭގެ ހަތަރު އަނގޮޅި، ތިން އަނގޮޅިއަށް ވާގޮތަށް މަގު މެދުގައި ހަދާފައިވާ ވަށްބުރުތަކެއް ކަމުން، އެ ތަނުގައި ހިޔާދޭ ބޮޑެތި ގަސް އިންދާނަމަ، ތާރުގަނޑު ކަނޑާ، ނަރުދަމާ އަދި ފެން ހޮޅިތައް އަލުން ތަރުތީބުކޮށް މަގުތަކަށް ބޮޑު ބަދަލެއް ގެންނަންޖެހޭނެ އެވެ. މިކަމަށް ބޮޑު ޚަރަދެއް ހިނގާނެ ކަމަށްވެސް ލަފާކުރެވެ އެވެ.

އެޗްޑީސީން މަޢުލޫމާތު ދީފައިވާ ގޮތުގައި، ހުޅުމާލެއަކީ ހިތްފަސޭހަ އަދި ރައްކާތެރި ސިޓީއަކަށް ހެދުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހެދި ވަށްބުރުތަކާއެކު ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓް ހިނގާ މިންވަރު ވަނީ ވަރަށް ބޮޑުތަން ކުޑަކުރެވިފަ އެވެ.

ވަށްބުރުތައް ހަދަން ނިންމައި، ޖުލައި މަހުގެ ތެރޭގައި އެޗްޑީސީން އާންމުކުރި ޑިޒައިންތަކުގައިވާގޮތުން އެ ކުންފުނިން އޭރު ނިންމާފައި އޮތީ އެ ބުރުތަކުގައި ހަމައެކަނި ފެހި ވިނަ ހެއްދުމަށެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ